23 Aug 2014, 19:45
ޖަރުމަނުގެ ބަޔާން މިއުނިކް އިން މި ސީޒަންގައި ބުންޑަސްލީގާގެ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް އެ ޓީމުގެ ފެށުން ރަނގަޅުކޮށްފި އެވެ.
މިއުނިކްގެ އެލިއާޒް އެރީނާގައި ކުޅުނު އެ މެޗު ބަޔާން އިން ކާމިޔާބުކުރީ ވޮލްފްބާގް އާއި ވާދަކޮށް 2-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ބަޔާން އިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ 37 ވަނަ މިނިޓްގައި ތޯމަސް މުލާ އެވެ. ބަޔާން ގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ދެވަނަ ހާފު ފަށިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.
ވޮލްފްބާގުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ބާޔާންގެ ކުރީގެ ކުޅުންތެރިޔާ އޮލިޗު އެވެ. އޮލިޗް އެ ލަނޑު ކާމިޔާބު ކުރީ ގޯލާ 18ފޫޓް ދުރުންނެވެ.
އެމެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ވޮލްފްބާގުގެ މަލަންޑާ ނަތީޖާ އެއްވަރުކުރަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ. ކުޅިބަލަަން 71000 މީހުން ވަތް މެޗު ފެށުމުގެ ކުރިން ވަނީ މިދިޔަ ސީޒަންގައި ބުންޑަސް ލީގާގެ އެންމެ މޮޅުކުޅުންތެރިޔާ މަގާމު ހޯދި ޖަރުމަނުގަ އެއް ނަބަރު ކީޕަރު އަދި ބާޔްންގެ ކީޕަރު ނޯޔާއަށް ޓްރޮފީއެއް ދީފައެވެ.
ވޮލްފްބާގުން ބުންޑަސްލީގާ ތަށި އެންމެ ފަހުން ކާމިޔާބު ކުރީ 2009 ވަނަ އަހަރުގަ އެވެ.