މިއަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރައްވައި ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލަށް އިންތިހާބުވި ތިން ކައުންސިލަރަކު މަގާމުގެ ހުވާކުރައްވައިފި އެވެ.

ކައުންސިލަރު ކަމުގެ ހުވާކުރައްވާފައި ވަނީ، އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވި ދެ ކެންޑިޑޭޓުން ކަމަށްވާ، ގއ. ކޮނޑޭ ނޫއަލި، މުރުތަޟާ ސަލީމާއި، އެރަށު ދޯދި، އަޙްމަދު އިބްރާހީމްގެ އިތުރުން އަދާލަތު ޕާޓީގެ ފަރާތުން ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވި ކޮނޑޭ، ކުދިމާގޭ ސިޔާމް މުޙައްމަދު އެވެ.

ބުރާސްފަތި ދުވަހު މެންދު ކޮނޑޭ ސްކޫލް ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތިން ބޭފުޅުންނަށް ކައުންސިލަރު ކަމުގެ ހުވައި ލައިދެއްވީ، ގއ. ވިލިނގިލީ ކޯޓުގެ މެޖިސްޓްރޭޓް، އަޒީމް ޙަސަން އެވެ.

ހުވާކުރެއްވުމަށް ފަހު، އެ ތިން ބޭފުޅުންވަނީ، މަގާމުގެ ފަތްކޮޅުގައި ސޮއިކުރައްވައިފައެވެ.

ކޮނޑޭ ކައުންސިލަށް އިންތިހާބުވި ކެންޑިޑޭޓުންނަށް ކައުންސިލަރު ކަމުގެ ނުކުރެވި ލަސްވެފައި ވަނީ، ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެންނެވެ.