ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ސެމީ ފައިނަލްގެ ދެވަނަ މެޗުން ސްޕޯޓްސް ކްލަބް ސިޓީ އަތުން މޮޅުވެ މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ޕޮލިސް ކްލަބުން ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒު އެެތެރޭ ކޯޓުގައި ކުޅުނު މި މެޗު ޕޮލިސް ކްލަބް ކާމިޔާބުކުރީ 3-1 ސެޓުންނެވެ. ފުރަތަމަ ސެޓު ޕޮލިސް ކްލަބުން 25-17 ޕޮއިންޓުން ކާމިޔާބުކުރި ނަމަވެސް، ދެވަނަ ސެޓު ގެންދިޔައީ ސިޓީއިންނެވެ. ސިޓީއިން އެ ސެ ކާމިޔާބުކުރީ 25-22 ޕޮއިންޓުންނެވެ.

ފައިނަލުގެ ޖާގަ ޕޮލިސް ކްލަބުން ކަށަވަރުކުރީ ފަހު ދެ ސެޓު ކާމިޔާބުކޮށްގެންނެވެ. ތިން ވަނަ ސެޓު 25-19 ޕޮއިންޓުން ޕޮލިސް ކްލަބު ކާމިޔާބުކުރި އިރު، އެ ޓީމުން ފަހު ސެޓް ކާމިޔާބުކުރީ 25-20 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކްލަބްގެ އަލީ ހުޒާމެވެ.

މި މުބާރާތުގެ ފައިނަލްގައި ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)އާ ޕޮލިސް ކްލަބް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެރެ އެވެ.