21 Aug 2014, 20:41
މައިލޯ އިންޓާ ސްކޫލް ކްރިކެޓް ލީގުގެ 11 އަހަރުން ދަށުގެ އުމުރު ފުރާއިން ތާޖުއްދީން ސްކޫލާއި ކްރިކެޓް ބޯޑުގެ ޔޫތް ޑެވެލޮޕްމަންޓް ޓީމް ފައިނަލަށް ދަތުރުކޮށްފި އެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މުބާރާތުގެ ފައިނަލަށް ތާޖުއްދީން ސްކޫލާއި ޔޫތް ޑެވެލޮޕްމަންޓް ޓީމް ފައިނަލަށް ހޮވުނީ މިއަދު ކުޅެވުނު މެޗު ތާޖުއްދީން ސްކޫލް އެއް ލަނޑުން މޮޅުވުމުންނެވެ.
ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި މިއަދު ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ތާޖުއްދީން ސްކޫލް ކުޅެން އަރައި 10 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 56 ލަނޑު ހެދި އެވެ. ޖަވާބުގައި ވައިޑީޕީ ޓީމް ކުޅެން އަރާ 10 އޯވަރު ހަމަވިއިރު ހެދިފައިވަނީ 55 ލަނޑެވެ.
މިއަދުގެ މެޗުގައި ތާޖުއްދީނަށް ޒަޔާން މޮޅު ކުޅުމެއް ދެއްކި އިރު، ވައިޑީފީއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ލޫތު އަދި ރާއިދެވެ.