ޔުރޮޕާ ލީގު ޕްލޭއޯފްގެ ފުރަތަމަ ލެގުގައި އިޓަލީގެ އިންޓަ މިލާނާއި އައިސްލޭންޑްގެ ސްޓްޖާނަން ބައްދަލު ކުރިމެޗުން 3-0 އިންޓަމިލާނުން ކާމިޔާބުކޮށް މުބާރާތު ގުރޫޕް ސްޓޭޖަށް ކޮލިފައިވުމުގެ އުންމީދު އާކޮށްފި އެވެ.

އައިސްލޭންޑް ސްޓްޖާނަން ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު އިންޓައިން ޖަހަފައިވަނީ ފުރަތަމަ ހާފްގެ 41 ވަނަ މިނިޓްގައި އިކާޑީ އެވެ. އެ ޓީމުގެ ދެވަނަ ލަނޑު ފަހު ހާފް ފަށައިގެން ތިންވަަނަ މިނިޓްގައި ބްރެޒިލްގެ ޑިފެންޑަރު ޑޯޑޯ ކާމިޔާބުކޮށްދިން އިރު، ތިންވަނަ ލަނޑަކީ ޑެނީ އޮސްވާލްޑޯ ދިން ބޯޅައަކުން ފަހު ހާފްގައި ކުޅެން ނުކުތް އެންމްބްރޯސިޔޯ ކާމިޔާބު ކުރި ލަނޑެކެވެ.

ޔޮރަޕާ ލީގުގެ ޕްލޭއޮފްގައި ރޭ ޔުކްރޭންގެ ޑިނިޕްރޯ އާއި ކޮރެއޭޝިޔާގެ ހެޑުކް ސްޕްލިޓް ބައްދަލުކުރި މެޗުން ޔޫކްރޭންގެ ޑިންޕްރޯ މޮޅުވީ 2-1 ލަނޑުންނެވެ. މެޗުގެ ހުރިހާ ލަނޑެއް ވެސް ފެނިގެން ގޮސްފައި ވަނީ ދެވަނަ ހާފްގައެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ހެޑުކް އިންނެވެ. ހެޑުން މިގޯލް ޖަހަފަވަނީ ދެވަނަ ހާފް ފަށައިގެން ދެވަނަ މިނިޓްގައި ސުސިޗް އެވެ. ޑިނިޕްރޯއިން އެއްވަރު ކުރީ ދެވަނަ ހާފްގެ 10 ވަަނަ މަނިޓްގައި ކަލިނިޗެވެ. މެޗުން ޑިނިޕްރޯ މޮޅިވި ލަނޑު ޖަހަފާއިވަނީ މެޗުގެ 90 މިނިޓްގެ ކުޅުން ހަމަވާން ދެ މިނުޓަށް ވެފައި ވަނިކޮށް ޝަކޯވް އެވެ.

އިންޓަ މިލާނާއި އިއިސްލޭންޑްގެ ސްޓާޖަން ކުޅޭ ދެވަނަ ލެގް އޮންނާނީ އަންނަ ބުރާސްފަތި ދުވަހަގެ ރޭ އިޓަލީގެ ސަންސީރޯގަ އެވެ.