ރަޝިޔާގެ ޒެނިތު ޕީޓަސްބާގް އިން ޔުއެފާ ޗެންޕްއިންސް ލީގް ޕްލޭއޯފް ފުރަަތަމަ ލެގްގައި ބެލްޖިއަމްގެ ސްޓާންޑަޑް ލީގް 1-0 ލަނޑުން ބަލިކޮށް ޗެމްޕިއަންސް ލީގަށް ކޮލިފަައިވުމުގެ އުންމީދު އާކޮށްފި އެވެ.

ބެލްޖިއަމް ސްޓާންޑަޑްގައި ކުޅުނު މި މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބޮކޮށްފައިވަނީ ފުރަތަމަ ހާފްގެ 16ވަނަ މިނިޓްގައި އޮލެގް ޝަތޯވް އެވެ.

ރޭ ޕޯޗުގަލްގެ ޕޯޓޯ އާއި ފްރާންސްގެ ލީލޭ ވާދަކުރި މެޗު ޕޯޓޯވެސް ކާމިޔާބު ކޮށްފައި ވަނީ 1-0 ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ ޕޯޓޯއަށް ކުޅެމުން އަންނަ މެކްސިކޯގެ ފޯވާޑް ހެކްޓާ ހެރޭރާއެވެ. 1992 ވަނަ އަހަރު ފަހުން ޕޯޓޯ އަންނަނީ ޗެންޕިއަންސް ލީގް ގުރޫޕް ސްޓޭޖުގައި ވާދަ ކުރަމުންނެވެ.

ރޭ ކުޅުނު އަނެއް ތިން މެޗަށް ބަލާއިރު ސޮލްވަން ބްރިޓިސްލަވާ އާއި ބޭޓް ބޮރިސޯވް ބައްދަލުކުރި މެޗާއި މިރިބޯރާއި ސެލްޓިކް ބައްދަލުކުރި މެޗާއި އޮލްބާގާއި އެޕީއޮއެލް ނިކޯސިޔާ ބައްދަލުކުރި މެޗު ވެސް ނިމިގެން ގޮސްފައި ވަނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.