ރޯދަ މަހަށް ހާއްސަ ކޮށްގެން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބޭއްވި "ރޯދަ ވެދުން" ޕްރޮމޯޝަންގެ އެއް ލައްކަ ރުފިޔާގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

ގްރޭންޑް ވިނާއަކަށް ހޮވުނު ނަސީބުވެރިޔަކީ މ. ސިސްކިން، ސަމާހު ރަޝީދެވެ.

މިއަދު މެންދުރުފަހު މަޖީދީ މަގު ބްރާންޗުގައި ބޭއްވި ރަސްމިއްޔާތެއްގައި ގުރުއަތު ނަންގަވައިދެއްވީ އޭޑީކޭ ހޮސްޕިޓަލްގެ ގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު އައްފާލެވެ.

ބީއެމްއެލްއިން ބުނީ އެއް ލައްކަ ރުފިޔާގެ އިނާމު އެ ކަމަށް ބާއްވާ ހާއްސަ ހަފްލާއެއްގައި ހަވާލުކުރާނެ ކަމަށެވެ.

އެ ޕުރޮމޯޝަންއަކީ ބީއެމްއެލް ކާޑަކުން ބީއެމްއެލް ޕީއޯއެސް މެދުވެރިކޮށް ވިޔަފާރި ކުރި ހުރިހާ ފަރާތްތައް ބައިވެރިކުރެވުނު ޕުރޮމޯޝަންއެކެވެ.

މިއަހަރުގެ ޖޫން މަހުގެ 26 އިން ފެށިގެން މިދިޔަ ޖުލައި އާ ހަމައަށް ކުރިއަށްދިޔަ އެ ޕްރޮމޯޝަނުގައި ބީއެމްއެލުން ދޫކޮށްފައިވާ ކާޑެއް ބޭނުންކޮށްގެން ހޭދަކުރި އަދަދުގެ ތިން ގުނަ އަނބުރާ ހޯދުމުގެ ފުރުޞަތު ލިބިގެންދި އެވެ. އެގޮތުން
ރޯދަމަހުގެ ކޮންމެ ހަފްތާއަކު ތިން ފަރާތެއް ހޮވައި ޖުމްލަ 15 ކަސްޓަމަރުން ވަނީ އެ އިނާމް ލިބިފަ އެވެ.