21 Aug 2014, 15:57
ބަނގުރާއަޅާފައި ހުރި ފުޅި ތަކަކާއެކު މާލޭ ގެއަކުން އިންޑިއާ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އުމުރުން 30 އަހަރުގެ އިންޑިއާ މީހާ ހައްޔަރު ކުރީ މިއަދު 11:15 ހާއިރު ކަމަށެވެ. އެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ގ. ނަސީމުގެއިން ނެވެ.
ފުލުހުން ބުނީ ނަސީމުގެ ބަލައި ފާސްކޮށް އެ ގޭގެ ކުއްޔަށް ހިފާފައިވާ ބަޔަކުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި 500 މިލި ލީޓަރުގެ 17 ފުޅި ފެނިފައިވާ ކަމަށެވެ.