އެސޯސިއޭޝަން ކަޕް ވޮލީ ބޯޅަ މުބާރާތުގެ ފައިނަލަށް ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ދަތުރުކޮށްފި އެވެ.

ޑީއެސްސީ ފައިނަލަށް ދަތުރުކުރީ ލީގު ބުރުގެ ފަހު މެޗުގައި ރޭ ޕޮލިސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު 3-2 ސެޓުން ކާމިޔާބުކޮށްގެނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓްގައި ރޭ ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ސެޓް ދިވެހި ސިފައިން ކްލަބުން ގެންދިޔައީ 23-25 ޕޮއިންޓުންނެވެ. ދެވަނަ ސެޓާއި ތިންވަނަ ސެޓު ޕޮލިސް ކުލަބް ގެންގޮސްފައި ވަނީ 25-21 އަދި 21-25 ޕޮެއިޓުންނެވެ. ނަމަވެސް ފަހަތުން އަރައި ފަހު ދެ ސެޓު ޑީއެސްސީއިން ގެންގޮސްފައި ވަނީ 25-21 އަދި 15-9 ޕޮއިންޓުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބުގެ އަޝްފާގު އާދަމް (އައްކަޅޭ) އެވެ.

މި މުބާރާތުގެ ފައިނަލް މެޗުގައި މި މަހު 23 ވަނަ ދުވަހު ޑީއެސްސީއާއި ދެކޮޅަށް ނުކުންނާނީ މިރޭ ސްޕޯޓްސް ކުލަބު ސިޓީއާއި ޕޮލިސް ކުލަބު ބައްދަލުކުރާ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.