20 Aug 2014, 19:30
ރެއާލްމެޑްރިޑްގެ ކިރްސްޓިއާނޯ ރޮނާލްޑޯ އާއި އެ ޓީމުގެ ގެރަތު ބޭލަށް ވުރެން ރިއާލްމެޑްރިޑަށް ކުޅޭ އާޖެންޓީނާ އެންޖަލް ޑިމާރިޔާ މާ މޮޅުކަމަށް ވާދަވެރި އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނެފިއެވެ.
ސިމިއޯނީ އެހެން ބުނަފައިވަނީ ރޭ ސްޕެއިންގެ ސުޕަކަޕްގެ ފުރަތަމަ ލެގްގައި ރެއާލް އާއި އެތުލެޓިކޯ ވާދަކޮށް އެއްވަރުވި މެޗަށް ފަހުގަ އެވެ. ރޭގެ މެޗުގައި ރެއާލުން ލަނޑެއް ޖަހާފައި ވަނިކޮށް އެތުލެޓިކޯއިން ވަނީ ފަހު ވަގުތު ލަނޑެއް ޖަހައި ނަތީޖާ އެއްވަރު ކޮއްފަ އެވެ. ރޭގަ މެޗުގައި ރެއާލްގެ ޑިމާރިޔަ ކުޅެން ނުކުމެފައި ވަނީ ބެންޗުގައި އިނދެފަ އެވެ.
މެންޗެސްޓާ ޔުނައިޓެޑުން މި ސީޒަނަށް އެ ޓީމަށް އެންމެ ގެންނަން ބޭނުންވާ ކުޅުންތެރިޔާއާ ގުޅޭ ގޮތުން ސިމިއޮނީ ބުނީ ޑިމަރިޔާ ދަނޑަށް އަރާ ރޭ ދެއްކި ކުޅުމަކީ އެނާއަށް ސަޕްރައިޒެއް ނޫން ކަަމަށެވެ. އޭނާ ބުނީ ޑިމާރިޔާ މުޅި މެޗު ބަދަލުކޮށްލި ކަމަށާއި ރެއާލްގައި ހުރި އެންމެ މޮޅު ކުޅުންތެރިޔަކީ ޑިމާރިޔާ ކަމަށެވެ.
"ޑިމާރިޔާ އަކީ ތަފާތު އެކި ޕޮޒިޝަންތަކުގައި އެންމެ ގިނަ ފުރުސަތު އުފައްދާ ކުޅުންތެރިޔާ. އެނާއަކީ އެމީނުންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔާ،" ޑިމާރިޔާއަށް ތައުރީފް ކުރަމުން އެތުލެޓިކޯގެ ކޯޗު ބުންޏެވެ.
މިދިޔަ ސީޒަންގައި ޑިމާރިޔާ ވަނީ ރޮނާލްޑޯ އާއި ބޭލާއި ރޮޑްރިގޭޒްއަށް ވުރެގިނަ އެސިސްޓް ހަދާފަ އެވެ. ރޮނާލްޑޯ ވަނީ މިދިޔަ ސީޒަންގައި 11 އެސްސްޓްހާދާފަ އެވެ. ބޭލް ހަދާފައި ވަނީ 16 އެސިސްޓެވެ. ޑިމާރިޔާ ވަނީ ރެއާލްއަށް ކުޅުނު 46 މެޗުން 22 އެސްސްޓް ހަދާ 8 ގޯލް ޖަހާފަ އެވެ.