އާޖެންޓީނާގެ ގައުމީ ޓީމާ ދާދި ފަހުން ހަވާލުވި ބާސެލޯނާގެ ކުރީގެ ކޯޗު ޖެރާޑޯ މާޓިނޯގެ ފުރަތަމަ ސޮކްޑް އިއުލާން ކޮށްފި އެވެ.

މާޓިނޯ ސްކޮޑް އިއުލާން ކޮށްފައި ވަނީ އަންނަ މަހުގެ ތިންވަނަ ދުވަަހު ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗަށެވެ. އާޖެންޓީނާގެ ކުރީގެ ކޯޗު އެލެޖެންޑްރޯ ސަބެއްލާ ކޯޗުކަމުން އިސްތިއުފާ ދިނީ ވެސް ޖަރުމަނާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ފައިނަލަށް ފަހު އެވެ.

ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑަށް އިތުރު ބަދަލުތެކެއް އަންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މާޓިނޯ ވަނީ އެނާގެ ފުރަތަމަ ސޮކްޑްގައި ސަބެއްލާ ވޯލްޑް ކަޕަށް ނެގި ސްކޮޑްގައި ހިމެނުނު ގިނަ ކުޅުންތެރިންތަކެއް ހިމަނައިފަ އެވެ.

މާޓިނޯގެ ސްކޮޑުން ފާހަގަކޮށްލެވޭ ވަރުގެ މާބޮޑު ސަޕްރައިޒްތަކެއް ނެތެވެ. ސަބެއްލާގެ ސްކޮޑުން ޖާގަ ދިން މާޓިނޯގެ ސްކޮޑުން ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ފެނާންޑޯ ގާގޯ އާއި އޮގަސްޓޮން އޮރިއޮން އާއި މެކްސީ ރޮޑްރިގޭޒް ނުހިމެނެ އެވެ.

ފީފާގެ ގަވައިދުގައިވާ ގޮތުގެ މަތިން މެޗު ކުޅޭ ދުވަހު އާޖެންޓީނާގެ ލީގުގެ މެޗުތަކެއް ކުރިއަށްދާތީ، މި މެޗަށް ނެގި ވަގުތީ ސްކޮޑުގައި ހިމަނާފައިވަނީ މުޅިން ވެސް ޔޫރަޕްގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިންނެވެ.

މިއީ މި ދެޓީމު ވޯލްކަޕްގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗަށްފަހު ބައްދަލުކުރާނެ ފުރަތަމަ ފަހަރެވެ. ވޯލްޑްކަޕްގައި ޖަރުމަނުން އުފުލާލީ 1-0 އާޖެންޓީނާ ބަލިކުރުމަށްފަހު އެވެ. ޖަރުމަނާ ދެކޮޅަށް އާޖެންޓީނާ ނުކުންނާނީ އަންނަ މަހު ތިންވަނަ ދުވަހު ޖަރުމަނުގެ ޑުސެލްޑޯފްގައެވެ.