20 Aug 2014, 17:18
ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުގެ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗް އާކޮށްފި އެވެ.
ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން މޮޑްރިޗް އާކުރީ އިތުރު އެއް ސީޒަނުގައި އެ ކްލަބުގައި މަޑުކުރުމަށެވެ. ކުރިން އޭނާ ހަދާފައިވާ އެއްބަސްވުން 2017 ވަނަ އަހަރުތެރޭ ނިމުމަކަށް އަންނަގޮތަށް އޮތް ނަމަވެސް، މިހާރު އެ އެއްބަސްވުން ހަމަވާނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ.
"ރެއާލް މެޑްރިޑާއެކު ލޫކާ މޮޑްރިޗް ހަދާފައިވާ އެއްބަސްވުން އާކޮށްފި. ކުރިއަށް އޮތް ހަތަރު ސީޒަނުގައި އޭނާ ހުންނާނީ މެޑްރިޑާއެކު،" މެޑްރިޑުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އުމުރުން 28 އަހަރުގެ މިޑްފީލްޑަރު މެޑްރިޑާ ގުޅުނީ 2012 އަހަރު ޓޮޓެންހަމް ހޮޓްސްޕާ އިންނެވެ. މެޑްރިޑާ ގުޅުމަށްފަހު، މޮޑްރިޗް ވަފައިވަނީ އެކްލަބުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައެވެ. ޓޮޓެންހަމްގެ އިތުރުން ކުރިން އޭނާ ވަނީ ޑައިނަމޯ ޒަގްރެބާއި، ޒާރިނިސްކީ އަދި އިންޓާ ޒަޕްރެސިޗްއަށް ވެސް ކުޅެފައެވެ.
މެޑްރިޑަށް 100 މެޗު ކުޅުނު އިރު، މޮޑްރިޗް ވަނީ ސްޕެނިޝް ސުޕާ ކަޕާއި، ކޮޕާ ޑެލްރޭ އާއި، ޗެމްޕިއަންސް ލީގުގެ އިތުރުން ޔޫރަޕިއަން ސުޕާ ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.