19 Aug 2014, 23:30
ޗެލްސީގެ ޗެކް ރިޕަބްލިކް ގޯލްކީޕަރު ޕީޓާ ޗެކް އެ ކުލަބުގައި މަޑުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މޮރީނިއޯ މިހެން ބުނީ، އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ބާންލޭ ޕްރިމިއާ ލީގުގައި ކުޅުނު މެޗަށް ފަހު މިޑިއާއާ ވާހަކަ ދައްކަމުންނެވެ. ވޭތުވެދިޔަ 10 އަހަރު ޓީމުގެ އެން ނަންބަރު ކީޕަރެއްގެ ގޮތުގައި ކުޅުނު ޗެކްއަށް އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ގެއްލިފައި ވަނީ ލޯނަށް ދޫކޮށްފައިވާ ތިބޯޓް ކޯޓުވާ އެ ޓީމަށް އެނބުރި އައުމުންނެވެ.
އުމުރުން 22 އަހަރުގެ ކޯޓުވާ ދާއިމީ ކްލަބު ޗެލްސީއާ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުން ތިން ސީޒަނެއްގައި އެތުލެޓިކޯ މެޑްރިޑަށް ކުޅުމަށްފަހު އެވެ. މޮރީނިއޯ ބުުނެފައިވަނީ ކުލަބް ދޫކޮށް ޗެކް ދާން ބޭނުންނުވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި އެހެން ކުލަބުތަކުން ހުށެހެޅުންތަކެއް ނާންނާނެ ކަމަށް އުންމީދު ކުރާ ކަމަށާއި ކްލަބުތަކުން ހުށަހެޅުން އަޔަސް ޗެކް ނުދާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
މިހާރު އުމުރުން 32 އަހަރުގެ ޗެކް ޗެލްސީއާ ގުޅިފައިވަނީ 2004 ވަނަ އަހަރެވެ. ޗެލްސީއާ ގުޅުނު ފަހުން ޗެކް ވެގެން ގޮސްފައިވަނީ އެ ޓީމުގެ އެއް ނަންބަރު ކީޕަރަށެވެ. ހަމަ އެހެންމެ މިހާތަނަށް ޗެލްސީގެ ގޯލަށް ބޯޅަ ވަނަނުދީ އެންމެ ގިނަ މެޗު ހިފަހައްޓައިލި ކީޕަރަކަށް ޗެކް ވެގެންދާނެ އެވެ.
"ދުނިޔޭގައި މި ވަގުތު ހުރި އެންމެ މޮޅު ދެ ކީޕަރުން ސްކޮޑުގައި ހިމެނޭކަމީ އަހަރެންގެ ޓީމު އިތުރަށް ވަރުގަދަވެފައިވާ ކަމުގެ ހެއްކެއް،" އޭނާ ބުންޏެވެ.
ޗެކް ވަނީ ޗެލްސީއެކު ތިން ޕްރިމިއާ ލީގް ތައްޓާއި ޗެންޕިއަންސް ލީގް ތައްޓެއް އަދި މީގެ އެއް އަހަރު ކުރިން ހޯދި ޔުރޮ ޕާލީގް ވެސް ކާމިޔާބުކޮށްފަ އެވެ.