19 Aug 2014, 12:49
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ދެ ފިރިހެނަކާއި އަންހެނަކު ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަނީ ލ. ގަން، މުކުރިމަގު، ރުއްކުރި، އަހުމަދު ފަހީމް 23، ކަމަށެވެ. އޭނާ ހޯދަމުން އަންނަނީ މިމަހުގެ 20 ވަނަ ދުވަހުގެ 10:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކޯޓު އަމުރުގެ ދަށުން ހޯދަމުން ދާ އަނެއް ދެމީހުންނަކީ ވ. ރާހި މުހައްމަދު ބާގިރު 43، އާއި ކ. ކާށިދޫ، ހަނދުވަރީގޭ ޒީނިޔާ މުހައްމަދު ޒާހިރު 30، ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ ދެ މީހުން ހޯދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން މިމަހުގެ 20 ވަނަ ދުވަހުގެ 1:45 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރުމާއި ގުޅިގެން ކަމަށެވެ.