18 Aug 2014, 22:27
ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރަމުނުގެ ތޯމަސް މުލާ، އެ ކްލަބަށް 100 ވަނަ ލަނޑު ކާމިޔާބުކޮށްދީފި އެވެ.
މުލާ ބަޔާނަށް ކާމިޔާބުކޮށްދިން 100 ވަނަ ލަނޑު ޖަހާފައި ވަނީ ރޭ ޖަރުމަނު ކަޕްގައި ޕްރުސިއާ މުންސްޓާ ވާދަކޮށް ބަޔާން މިއުނިކް 4-1 ލަނޑުން މޮޅުވި މެޗުގައެވެ.
މި މެޗުގައި މުލާ ޖެހި ލަނޑަކީ މި ސީޒަންގައި ބަޔާން މިއުނިކަށް މުލާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
ބަޔާންގެ މިއުނިކްގެ ޔޫތު ޓީމާ 2000 ވަނަ އަހަރު ގުޅުނު މުލާ ވަަނީ މިހާތަނަށް އެ ކްލަބުގެ ސީނިއާ ޓީމަށް 258 މެޗު ކުޅެފަ އެވެ. ބަޔާން މިއުނިކްގެ ބީ ޓީމަށް 2008 ވަނަ އަހަރު ކުޅެން ފެށި މުލާ ވަނީ އޭގެ އެއް އަހަރު ފަހުން އެ ކްލަބުގެ ސީނިއާ ޓީމަށް ކުޅެން ފަށައިފަ އެވެ.
ބުންޑަސްލީގާއަށް 2009 ވަނަ އަހަރު ކުޅެން ފެށި މުލާ ވަނީ ބުންޑަސްލީގާގައި 200 ވުރެ ގިނަ މެޗު ކުޅެފައިވާ އިރު، ޖަރުމަނު ކަޕުގައި އޭނާ ވަނީ 27 މެޗު ކުޅެފަ އެވެ. އަދި ޔޫރަޕްގެ މުބާރާތްތަކުގައި އޭނާ ވަނީ 61 މެޗު ކުޅެ، 21 ލަނޑު ޖަހައިފަ އެވެ. ޖަރުމަނުގެ ގައުމީ ޓީމަށް 2010 ވަނަ އަހަރު ކުޅެން ފެށި މުލާ ވަނީ އެ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންުތެރިޔާގެ މަގާމް ހޯދައިފަ އެވެ.
ރޭ ބަޔާން މިއުނިކް ހޯދި މޮޅާއެކު އެ ޓީމު ވަނީ ޖަރުމަނު ކަޕްގެ ދެވަނަ ބުރަށް ދަތުރު ކޮށްފަ އެވެ.