ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) މާލެ ބްރާންޗުން އެޑިޝަނަލް ޓެކްސްގެ ގޮތުގައި 55,647,652.75 ރުފިޔާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

ދެހާސް އެގާރަ ވަނަ އަހަރުގެ މާލީ އަހަރާ ގުޅިގެން މީރާއިން އެސްބީއައި ގެ މާލީ ބަޔާން އޮޑިޓުކުރުމަށްފަހު 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ފޮނުވާފައިވާ ނޯޓިސްގައި އެ ބޭންކުން އެޑިޝަނަލް ޓެކްސްގެ ގޮތުގައި 55,647,652.75 ރުފިޔާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަންގާފަ އެވެ.

އެ މައްސަލަ ޓެކްސްއެޕީލް ޓްރައިބިއުނަލްގައި އެސްބީއޭ އިން އިސްތިއުނާފު ކުރީ މީރާގެ އެންގުމާ އެއްގޮތަށް 2012 ވަނަ އަހަރުގެ ޑިސެމްބަރު ދެ ވަނަ ދުވަހު ފައިސާ ދެއްކުމަށްފަހު އެވެ.

ހައިކޯޓުން ކުރި ހުކުމްގައި މީރާ އިން އަމަލުކުރި ގޮތެއްގެ ސަބަބުން ޑަބަލް ޓެކްސޭޝަންގެ ބިރުވެރިކަމަށެވެ.