އެސޯސިއޭޝަން ކަޕް ވޮލީ ބޯޅަ މުބާރާތުގައި ސްޕޯޓްސް ކްލަބު ސިޓީއާ ބައްދަލުކޮށް ސީދާ ތިން ސެޓުން ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) މޮޅުވެއްޖެއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓްގައި ރޭ ކުޅެވުނު މި މެޗުގެ ފުރަތަމަ ސެޓް ދިވެހި ސިފައިން ކްލަބުން ގެންދިޔައީ 15-25 އިންނެވެ. އަދި ދެވަނަ ސެޓް 12 - 25 އިން ގެންދިޔައިރު ތިންވަނަ ސެޓް ގެންގޮސްފައިވަނީ 15 - 25 އިންނެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބުގެ ޖާޒީ ނަންބަރު 9 އިސްމާޢީލް ސާޖިދެވެ.