18 Aug 2014, 18:15
މާލޭގެ ގެއަކުން މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި 70،000 އަށްވުރެ ގިނަ ފައިސާއާ އެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހަވީރު މ. ސީވިންޑް ބަލައި ފާސްކުރުމުގެ ތެރޭގައި އެގެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
އެގެއިން ފެނުނު ފައިސާގެ އަދަދު 77000 އަށް އަރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 39 އަހަރުގެ ފިރިހެނަކާ 42 އަހަރުގެ ފިރިހެނެކެވެ.
އެގެއިން ފެނުނު މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ބްލެޓް ސައިޒްގެ ހަތް ރަބަރު ޕެކެޓާއި ކުޑަ ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.