18 Aug 2014, 13:14
ޖަރުމަނު ކަޕްގައި ރޭ ޕެރެސުން މުންސްޓާއާ ވާދަކޮށް ފަސޭހަކަމާއެކު 4-1 ލަނޑުން ބަޔާން މިއުނިކް މޮޅުވެއްޖެ އެވެ.
މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ 19ވަނަ މިނިޓްގައި ބަޔާން އެވެ. އެ ލަނޑު ޖަހައިދިނީ މާރިޔޯ ގޮޓްޒޭ އެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 29 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ތޯމަސް މުލާ އެވެ. ފުރަތަމަ ހާފްގެ ކުޅުން ނިމިގެން ދިޔައީ ބަޔާން ދެ ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.
ބަޔާންގެ ތިންވަނަ ލަނޑު ޖަހާފައިވަނީ ފަހު ހާފްގެ 52 ވަނަ މިނިޓްގައި އަލްބާ އެވެ. މެޗުގެ 73 ވަނަ މިނިޓްގައި ބަޔާންގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮއްދިނީ ޕިޒާރޯ އެވެ. ޕެރެސުން މުންސްޓާ މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 89 ވަނަ މިނިޓްގައި ލިބުނު ޕެނެލްޓީއަކުން ކުރޯނޭ އެވެ.
މެޗުގެ 90 މިނިޓް ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ބަޔާންގެ ލެވޮންޑޮސްކީއަށް ޕެރެސުން މުންސްޓާގެ ޕެނަލްޓީ އޭރިޔާތެރެއިން އެޓީމުގެ ހެއިތިމިއާ ކުރި ފައުލްއަކާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ. އެ ފައުލާ ގުޅިގެން ލިބުނު ޕެނަލްޓީ ލެވަންޑޮސްކީއަށް ބޭނުމެއް ނުހިފުނެވެ.
ރޭގެ މެޗުގައި ބަޔާންގެ ހޮލްގާ ބެސްޓުބާ ވަނީ އަނިޔާގެ ސަބަބުން 20 މަސްދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު މެޗުގެ 79 ވަނަ މިނިޓާ ހަމައަށް ކުޅެފައެވެ. މި މުބާރާތް ވެއަތުވެދިޔަ ދެ ސީޒަންގައި ވެސް ކާމިޔާބުކުރި ބަޔާން މިއުނިކް ދެން މެޗެއް ކުޅޭނީ ބުންޑަސްލީގާގައި ހުކުރުދުވަހު ވޮލްފްބާގާ ދެކޮޅަށެވެ.