ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސޫޖޯއަށް ވަޑައިގެން، އެރަށުގައި ހުންނަ ކަލްޗުރަލް އެންޑް އާޓްސް ސެންޓަރަށް ޒިޔާރަތް ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެ އެ ސެންޓަރަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ސޫޖޯ އިންޑަސްޓްރިއަލް ޕާކް (އެސް.އައި.ޕީ) ގެ ވައިސް ޗެއާ މެޑަމް ސުން ޔަންޔަންއެވެ. އަދި އެ ސެންޓަރާ ބެހޭ ފުރިހަމަ މައުލޫމާތު އެކަމަނާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވި އެވެ.

ސޫޖޯ ކަލްޗުރަލް އެންޑް އާޓްސް ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ ސޮއި ކުރައްވާފައިވާ ދިވެހި އަތުލިޔުއްވުމެއް އެ ސެންޓަރަށް ހަދިޔާ ކުރެއްވި އެވެ.