31 Mar 2010, 14:53
19:00
ހަނގުރާމަވެރިޔަކު ބައިސްކަލެއްގައި ގޮވާތެކި ހަރުކޮށްގެން ދިން ވަރުގަދަ ބޮމުގެ ހަމަލާއެއްގައި އަފްގާނިސްތާނުގައި އަށް މީހަކު މަރުވެ، 35 މީހުން ޒަޚަމްވެއްޖެ އެވެ.
ހެލްމަންދު ޕްރޮވިންސުގެ ވެރިރަށް ލަޝްކަރުގާހް ސަރަހައްދުގައި މި ހަމަލާދީފައި ވަނީ، އަފްގާނިސްތާނުގައި ދަނޑުވެރިންކަން ކުރިއަރުވައި، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އޯޕިއަމްގެ ދަނޑުވެރިކަން ހުއްޓުވުމުގެ ގޮތުން އިނގިރޭސި ސަރުކާރުގެ ފަރާތުން އަފްގާނިސްތާނުގެ މީހުންނަށް ބަހާ ތަރުކާރީއާއި މޭވާ އިންދުމަށް ބޭނުންވާ އޮށް ހޯދުމަށް ގިނަ ބަޔަކު އެ ސަރަހައްދަށް ޖަމާވެފައިވަނިކޮށް، ބައިސްކަލެއްގައި އައި މީހަކު އެ ބައިސްކަލުގައި ފޮރުވާފައި ހުރި ގޮވާތަކެއްތި ގޮއްވާލައިގެން ކަމަށް އޮފިޝަލުން ބުނެ އެވެ.
ނޭޓޯއިން މި ހަމަލާ އިތުރަށް ތަހުގީގުކުރަމުން އަންނައިރު މި ހަމަލާގައި ޒަޚަމްވި މީހުންނަށް އިތުރަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.