17 Aug 2014, 17:04
ބަހްރެއިންގެ ގުރުއާން ކެއާ ސޮސައިޓީން ރާއްޖެއަށް 50،000 މުސްހަފް ހަދިޔާ ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ބަހުރެއިންގެ ގުރުއާން ކެއާ ސޮސައިޓީ އިން މި މުސްހަފްތައް ރާއްޖެއަށް ހަދިޔާ ކުރުމަށް ހަމަޖައްސާފައި ވަނީ، އެ ސޮސައިޓީގެ ފަރާތުން މިއަދު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ވަފުދުގެ ފަރާތުން ކަމަށެވެ.
ބަހްރެއިންގެ ގުރުއާން އެއާ ސޮސައިޓީގެ ވަފްދުގައި އެ ސޮސައިޓީގެ ރައީސް ޑރ. އާދިލް ހަސަން ޔޫސުފް ހަމަދު ހިމެނިވަޑައިގެންނަވަ އެވެ.
އެ ވަފްދުގެ ބޭފުޅުންގެ މި ޒިޔާރަތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި މުސްހަފްތައް ބެއްސެވުމުގައި ވެސް އެބޭފުޅުން ހަރަކާތްތެރިވެވަޑައިގެންނަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. މީގެއިތުރުން ރާއްޖެއަށް އެހީތެރިވެވަޑައިގެންނެވެން އޮތް ދާއިރާތަކާ ގުޅޭ މައުލޫމާތު ވެސް އެބޭފުޅުން ހޯއްދަވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ބަހްރެއިންގެ ގުރުއާން އެއާ ސޮސައިޓީގެ ވަފްދުގެ ބޭފުޅުން މިމަހުގެ 21ގެ ނިޔަލަށް ރާއްޖޭގައި މަޑުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.