ވުލްވާ ހެމްޓަން 4-3 އިން ބަލިކޮށް މެންޗެސްޓާ ސިޓީ އިނގިރޭސި ލީގުގެ ތާވަލުގެ ކުރި ވަގުތީ ގޮތުން ހޯދައިފި އެވެ.

ޖުމުލަ 23 މެޗު ކުޅެގެން އެ ޓީމަށް 45 ޕޮއިންޓް ލިބިފައިވާއިރު ޓޮޓެންހަމާއި މެންޗެސްޓާ ޔުނައިޓެޑް މިރޭ ކުޅޭ މެޗު އެއްވަރުވި ނަމަވެސ އެ ޓީމަށް އެެއްވަނަ މަގާމު ގެއްލޭނެ އެވެ. ތާވަލުގެ ދެ ވަނާގައި މެންޗެސްޓާ އޮތީ 20 މެޗު 44 ޕޮއިންޓް ލިބިގެންނެވެ.

ވާދަވެރި ކުޅުމެއް ފެނުނު ރޭގެ މެޗުގައި ސިޓީ އަށް ކެޕްޓަން ކާލޮސް ތެވޭޒް ދެ ލަނޑު ޖަހައިދިނެވެ. ދެން ލަނޑު ޖެހީ އައިވަރީ ކޯސްޓްގެ ދެބެން ކަމަށްވާ ޔާޔާ ޓޯރޭ އާއި ކާލޯ ޓޯރޭ އެވެ. ވުލްވާ ހެމްޓަން އަށް ލަނޑު ޖަހައިދިނީ އެން މިލިޖަސް އާއި ޒުބެން އަދި ޑޯލް އެވެ.

ލީގުގައި ރޭ ބްލެކްބާން އަތުން ޗެލްސީ މޮޅުވީ ބޮރިސްލާވް އިވަނޮވިޗާއި ނިކޮލަސް އަނެލްކާގެ ދެ ލަނޑުންނެވެ. އަދި ވެސްޓްހޭމް އަތުން އާސެނަލް ފަސޭހަކަމާއެކު މޮޅުވީ 3-0 އިންނެވެ. ރޮބިން ވެންޕަސީގެ ލަނޑާއި ވޮލްކޮޓްގެ ގޯލެއް ފެނުނު ރޭގެ މެޗުން ވެސްޓްހޭމް ބަލިވުމުން ކޯޗު އަވްރަމް ގްރާންޓް މަގާމުން ވަކިކުރާނެކަމަށް މީޑިޔާތަކުން ވަނީ ބުނަން ފަށައިފަ އެވެ.