16 Aug 2014, 12:40
ޒުވާނުންތަކެއް އިސްނަގައިގެން "ޔޫތް ފޯ ދަ ނޭޝަން" ގެ ނަމުގައި ރޭ ހުޅުމާލޭގައި ބޭއްވި މިއުޒިކް ޝޯ ގެ ތެރެއިން ދެ ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ ހުޅުމާލެއިން ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ މީހަކާއި 19 އަހަރުގެ މީހެއް ކަމަށެވެ. އަދި އޭގެތެެއިން އެކަކު ހައްޔަރުކުރީ ޝޯ ގެ ތެރޭގައި މަސްތުގެ ހާލަތުގައި ހުރި ކަމަށް ފުލުހުންނަށް ތުހުމަތުކުރެވިގެން ކަމަށާއި ދެވަނަ މީހާ ހައްޔަރުކުރީ ޝޯ ގެ ތެރޭގައި އަންހެން ކުއްޖަކަށް ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޔޫތް ފޯ ދަ ނޭޝަންގެ ނަމުގައި ރޭ ހުޅުމާލޭގައި ބޭއްވި އެ ޝޯ އަކީ ޒުވާނުންގެ ބޭނުންތަކާއި ޒުވާނުންގެ ހުރި މައްސަލަތައް އަޑު އަހައި އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ޒުވާނުންތަކެއް އިސްނަގައިގެން ބާއްވަމުން އަންނަ ޝޯ އެކެވެ.
ތަފާތު މުނިފޫހިފުލުމުގެ ހަރަކާތްތަކާ އެކު ބޭއްވި އެ ޝޯ ރޭ މާލޭގައި ވެސް ބާއްވާފައި ވެއެވެ.