އިންޑިޔާގެ ޔުނައިޓެޑް ވެޓަރަންސް ސްޕޯޓްސް އިން އިންތިޒާމްކޮށްގެން، އެގައުމުގެ ޗެންނާއީ ސިޓީގައި ބާއްވާ ބައިނަލްއަގްވާމީ ވެޓަރަންސްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ރާއްޖޭގެ ސޮކާ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑްިވްސްގެ ޓީމް ދަތުރު ކޮށްފިއެވެ.

ޖުމްލަ ހަ ގައުމު ވާދަކުރާ މުބާރާތުގެ ފައިނަލުން ރާއްޖޭގެ ޓީމް ޖާގަ ހޯދީ އިއްޔެ ހަވީރު ސިންގަޕޫރު އަތުން 1-0 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.

އިއްޔެގެ މެޗުގައި ރާއްޖޭގެ ޓީމަށް ލަނޑު ޖަހައިދިން ހަމައެކަނި ކުޅުންތެރިޔާއަކީ އަބްދުﷲ ވަހީދު (ބިންމާ) އެވެ.

ރާއްޖެއާއެކު މުބާރާތުގައި ވާދަކުރާ ހަ ގައުމަކީ އިންޑިއާ އާއި އިންޑޮނޭޝިޔާ އާއި ބުރުނާއީ އާއި ސިންގަޕޫރު އަދި މެލޭޝިޔާ އެވެ.

މުބާރާތުގެ ފައިނަލުގައި ރާއްޖެ މިއަދު ހަވީރު ނުކުންނާނީ އިންޑިއާ ދެކޮޅަށެވެ.

ރާއްޖޭގެ ޓީމުގައި ހިމެނެނީ ނިމިދިޔަ ރޯދަ މަހުގެ ތެރޭގައި ކުރިއަށް ދިޔަ ވެޓެރަންސް ކަޕްގައި ފާހަގަކުރެވުނު 16 ކުޅުންތެރިއަކާއި ހަތަރު އޮފިޝަލުންނެވެ.

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ހެޑް ކޯޗަކަށް ހަމަޖައްސާފައި ވަނީ ސޮކަ ވެޓަރަންސް ސޯސިއޭޝަނުގެ މެމްބަރު އަދި އެންމެ ފަހުން ކުޅެވުނު ކޮކާކޯލާ ވެޓެރަންސް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ ޝަމީމެވެ.