16 Aug 2014, 10:50
ބީއެމްއެލް ގައުމީ ހޭންޑްބޯލް މުބާރާތުގައި ޔޫތު ސްޕޯޓްސް ކްލަބު އަތުން ފަސޭހަކަމާއެކު ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) މޮޅުވެއްޖެ އެވެ.
ހެންވޭރު ޕީކޭ ދަނޑުގައި ރޭ ކުޅުނު ދެވަނަ ގައުމީ ހޭންޑްބޯލް މުބާރާތުގެ ފުރަތަމަ މެޗް ޑީއެސްސީ ކާމިޔާބުކުރީ 9- 19 ލަނޑުންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޑީއެސްސީގެ އިބްރާހީމް މުހައްމަދެވެ.
ހޭންޑް ބޯލް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްދާ މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި ތިން ޓީމެއް ބައިވެރިވެފައިވާ އިރު، އަންހެން ޑިވިޝަނުގައި ވެސް ތިން ޓީމު ވަނީ ބައިވެރިވެފަ އެވެ. ލީގު އުސޫލުން ކުޅޭ މި މުބާރާތުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި މިރޭ 8:30 ގައި ޑީއެސްސީ ނުކުންނާނީ ރައިޒެސް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.