މ. މުލަކުން ވަގަށް ނަގާފައިވާ އިލެކްޓޯނިކް ސާމާނުތަކެއް ހޯދައި އެތަކެތީގެ ވެރިފަރާތާ ފުލުހުން ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ މި މަހުގެ 11 ވަނަ ދުވަހު މ.މުލަކު، ތޯތާގެ ވަޑާންގެއިން ވަގަށް ނަގާފައިވާ ސާމާނު ހޯދައި އެތަކެތީގެ ވެރިންނަށް ހަވާލުކޮށްފައި ވަނީ ފުލުހުންނާއި އެރަށު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން މިދިޔަ ބުރާސްފަތި ދުވަހު އެތަކެތި ފެނުމުން ކަމަށެވެ.

ގެއްލިފައިވާ އިލެކްޓްރޯނިކް ސާމާނުގެ ތެރޭގައި ކަރަންޓް ވައް ކީހަކާއި، ކަރަންޓް ސޭންޑަރަކާއި، ކުޑަ އަތުރޮންދާއެއްގެ އިތުރުން ކަރަންޓް ރޫޓަރެއް ހިމެނެއެވެ.