މިހާރު ކުރިއަށްދާ 23 ވަނަ ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި ސްޕޯޓްސް ކްލަބު ސިޓީ އަތުން ޕޮލިސް ކްލަބު މޮޅުވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މި މެޗު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައި ވަނީ ސްޕޯޓްސް ކުލަބް ސިޓީ އާ ވާދަކޮށް 3-2 ސެޓުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ކާމިޔާބުކުރީ ސްޕޯޓްސް ކުލަބް ސިޓީންނެވެ. އެ ސެޓް އެ ޓީމުން ކާމިޔާބުކުރީ 19-25 ޕޮއިންޓުންނެވެ. ޕޮލިސް ކުލަބުގެ ކުޅުން ރަނގަޅުކޮށް، އެ ޓީމުން ވަނީ 25-15 ޕޮއިންޓުން ދެވަނަ ސެޓް ކާމިޔާބުކޮށްފަ އެވެ.

މި މެޗުގެ ތިން ވަނަ ސެޓް ކާމިޔާބުކުރީ ވެސް ސްޕޯޓްސް ކުލަބް ސިޓީންނެވެ. އެ ސެޓް އެ ޓީމުން ކާމިޔާބުކުރީ 26-24 ޕޮއިންޓުންނެވެ. ވާދަވެރި ކުޅުމަށް ފަހު، ޕޮލިސް ކުލަބުން ވަނީ ފަހަތުން އަރައި މި މެޗުގެ ހަތަރު ވަނަ ސެޓާއި ފަސްވަނަ ސެޓް ކާމިޔާބުކޮށްފަ އެވެ. އެ ސެޓްތައް ޕޮލިސް ކުލަބުން ކާމިޔާބުކުރީ 25-15 އަދި 15-08 ޕޮއިންޓުންނެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޕޮލިސް ކުލަބުގެ މުހައްމަދު ޝާއިން އެވެ.