15 Aug 2014, 17:29
އިނގިރޭސި ޕްރިމިއާލީގު މާދަމާ ފަށާއިރު އެންމެބޮޑު އުންމީދަކީ މި ސީޒަންގެ ގަދަ ދިހައެއްގައި ޓީމް ހިމެނުން ކަމަށް އިނގިރޭސި ކުލަބް ވެސްޓްހަމްގެ ކޯޗު ސެމް އަލަޑައިސް ބުނެފިއެވެ.
މިފަހަރުގެ ސީޒަން ވެސްޓްހަމުން ފަށާނީ އަމިއްލަ ދަނޑުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅޭ މެޗުންނެވެ. ނިމިދިޔަ ސީޒަންގައި ވެސްޓްހަމް ލީގްނިންމާލީ 13 ވަނަގައި އޮވެއެވެ. ވެސްޓްހަމްގެ ކޯޗު އަލަޑައިސް ވަނީ މި ސީޒަންގެ ފުރަތަމަ ޓްރާންސްފާގައި ގިނަކުޅުންތެރިންތަކެއް ޓީމަށް ގެނެސްފައެވެ. އޭގެތެރޭގައި ވޯލްޑްކަޕްގައި އިކުއެޑޯ ޓީމުން ވިދާލި އެމާ ވެލެންސިޔާ ވެސް ހިމެނެއެވެ.
"އަހަރެން އުންމީދުކުރަނީ 10ވަނައަށް. ނުނީ އެއަށްވުރެ ރަނގަޅު ހިސާބަކަށް ދިޔުން. މިދިޔަ ސީޒަނަށްވުރެ ގިނަގޯލް ވެސް ކާމިޔާބުކުރަން ބޭނުން. އެއާ އެކު ރަގަޅު ކާމިޔާބެއް ހޯދަން ބޭނުންވަނީ،" އަލަޑައިސް ބުނެފި އެވެ.
މިދިޔަ ސީޒަންގެ ފުރަތަމަ މެޗުގައި ކާޑިފް ސިޓީއަތުން 2-0 ވެސްޓްހަމް މޮޅުވިކަމުގައި ވިޔަސް ޖެހިގެންއައި ފަސް މެޗުން އެޓީމް ވަނީ ބަލިވެފައެވެ. އަލަޑައިސް ދެކޭގޮތުގައި އެޓީމާ އެއް އަވަށެއްގެ ކްލަބަކާ ދެކޮޅަށް މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރަން ޖެހުމަކީ ވެސް ޓީމުގެ ކުޅެންތެރިންނަ ލިބިގެންދާނެ ހިތްވަރެކެވެ.
ދިހަ ވަނައިގައި އޮވެ ލީގުނިންމާލަން ވެސްޓްހަމުން މިފަހަރު އަމާޒު ހިފާފައިވާއިރު، 13-2012 ސީޒަން ވެސް އެ ޓީމުން ނިންމާލާފައި ވަނީ ދިހަ ވަނާގައި އޮވެއެވެ. އެ ފަހަރު ލީގުނިންމާލީ 12 މެޗުން މޮޅުވެ 10 މެޗުން އެއްވަރުކޮށް 16 މެޗުން ބަލިވެ 10 ވަނައިގައި އޮވެއެވެ.
އާ ހަކުޅުންތެރިޔަކާ އެކު މި ސީޒަނަށް ކުރިމަތިލި ވެސްޓްހަމް އެންމެ ފަހުން ޓޮޓްނެހަމްއާ އާވާދަކޮށްފައި ވަނީ މިއަހަރުގެ މޭ މަހުގައެވެ. އެމެޗު ކާމިޔާބުކުރީ 2-0 ވެސްޓްހަމްއެވެ.