Last Updated: 1 decade 1 year ago
ބުލޮގު ޚުލާސާ
ހުޅުމާލޭގެ ޕްރީ ސްކޫލް ކައިރީގައި ޓިނުން ހަދާފައި ހުރި ގުދަނެއްގައި ރޯވެ، އަނދަން ފަށައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އަލިފާން ރޯވެފައި ވަނީ ހުޅުމާލޭ ޔޫތު ސެންޓަރުގައި އަމިއްލަ ބަޔަކަށް ދީފައިވާ ބިމެއްގައި ހަދާފައިވާ ގުދަނެއްގަ އެވެ. އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް އެޗްޑީސީގެ ފެންލޮރީ އަކުން އަންނަނީ ކުރަމުންނެވެ. އަލިފާން ނިއްވުމުގައި މަސައްކަތުގައި ބައިވެރިވުމަށް އެއާޕޯޓުގެ ފެންލޮރީއެއް އެ ސަރަހައްދަށް ދިއުމުގެ މިސްރާބު ވަނީ ޖަހާފަ އެވެ.
ހުޅުމާލޭގެ ގުދަނެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި. އަލިފާން ނިއްވާލެވުނު އިރު، އެ ގުދަނުގެ އެތެރޭގައި ހުރި އެއްޗެހި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައި.
ގުދަނުގެ ތެރޭގައި ހުރީ ކަރަންޓް ނަރުތަކާއި ޕްލާސްޓިކް ގޮނޑިއާއި އެކި މަސައްކަތުގައި ހިފާ ގެންގުޅޭ ސާމާނުތަކެއް. އެ އެއްޗެހި ވަނީ މުޅިން އަނދައި ހުލިވެފައި