15 Aug 2014, 14:42
އިންޑިއާގެ މާކެޓް ރެގިއުލޭޓަރް ސެބީ އިން އެގައުމުގެ އެންމެ މުއްސަނދި އެކަކު ކަމަށްވާ މުކޭޝް އަމްބާނީގެ ރިލަޔަންސް އިންޑަސްޓްރީޒް ކުންފުނި 130 މިލިޔަން އިންޑިއާ ރުޕީސް (ގާތްގަނޑަކަށް 2.13 މިލިއަން ޑޮލަރު) އިން ޖޫރިމަނާކޮށްފި އެވެ.
އިންޑިއާގެ ފައިނޭންޝަލް އެކްޕްރެސް ނޫހުން މި މަހުގެ އަށް ވަނަ ދުވަހު ބުނީ ސެބީ އިން ރިލަޔަންސް ޖޫރިމަނާކުރީ ޖެހިޖެހިގެން ހަ ކުއާޓަރްގެ އާމްދަނީރޭޝިއޯ ހިއްސާނުކުރުމުން ކަމަށެވެ. އެގޮތުން ލިސްޓިން އެގްރިމެންޓާ ހިލާފުވެގެން 10 މިލިޔަން އަދި ސެކިއުރިޓީޒް ކޮންޓްރެކްޓާ ހިލާފުވެގެން 120 މިލިޔަން ރުޕީސް އިން ރިލަޔަންސް ޖޫރިމަނާކުރި ކަމަށް އެނޫހުން ބުންޏެވެ.
ރިލަޔަންސްއާ ދެކޮޅަށް މިފިޔަވަޅު އަޅާފައި މިވަނީ އެކުންފުނީގެ ހިއްސާދާރުންނަށް އޮޅުވުންތަކެއް އޮޅުވާލި މައްސަލައެއް ބެލުމަށް ފަހުގަ އެވެ.