ޗެލްސީއަށް ކުޅެމުން އަންނަ ޖަރުމަނުގެ ބައިނަލްއަގްވާމީ ކުޅުންތެރިޔާ އަންދްރޭ ޝޫލާ ގެންދިއުމަށް ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން މަސައްކަތް ފަށަައިފި އެވެ.

ލަލީގާގެ ޗެންޕިއަން އެތުލެޓިކޯ މެޑްރިޑުން ޝޫލާ ހޯދަން ވާހަކަތައް ފަށާފައި ވަނީ މިދިޔަ ހަފުތާގައެވެ. ނިމިދިޔަ ސީޒަންގައި ޗެލްސީއަށް ޝޫލާ ގެނެސްފައި ވަނީ ބަޔާން ލެވަކޫސާއިން 18 މިލިއަން ޕައުންޑްގެ އަގަކަށެވެ. ނިމިދިޔަ ސީޒަންގައި ޗެލްސީ ކުޅުނު ގިނަމެޗްތަކުގައި ޝޫލާއަށް ވަނީ ފުރަތަމަ އެގާރައިން ޖާގަހޯދަން ދަތިވެފައެވެ.

އުމުރުން 23 އަހަރުގެ ޝޫލާ ވަނީ ޗެލްސީގައި މަޑުކުރަން ބޭނުންވާކަމަށް ހާމަކޮއްފައެވެ. މިދިޔަ ސީޒަންގައި ޗެލްސީއަށް ގިނަ މެޗްތަކެއްގައި މުހިންމު ގޯލްތަކެއް ވެސް ޝޫލާ ވަނީ ކާމިޔާބު ކޮއްދީފައެވެ. މި ސީޒަންގައި ޗެލްސީގެ ފޯވާޑްލައިން ވަރުގަދަ ކުރުމަށްޓަކައި ޑިއެގޯ ކޯސްޓާ ގެނައުމާ ގުޅިގެން ފުރަތަމަ އެގާރައިގައި ހިމެނޭ ފޯވާޑަށް ކުޅޭ ކުޅުންތެރިންގެ ވާދަވެރިކަން ބޮޑުވާނެ ކަމަށް ބެލެވެއެވެ.

ނިމިދިޔަ ވޯލްޑްކަޕް ޖަރުމަނުން ކާމިޔާބު ކުރުމުގައި ވެސް މުހިންމު ދައުރެއް ޝޫލާ އަދާކޮއްފައި ވެއެވެ. އަދިހަމަ އެހެންމެ ވޯލްޑްކަޕްގައި ޖަރުމަނަށް ތިންގޯލް ވެސް ޝޫލާ ކާމިޔާބުކޮށްދީފައި ވެއެވެ.