14 Aug 2014, 18:22
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓުއަރިސްޓުން ތިބޭ ހޮޓާތައް ކައިރީގައި މުޒާހަރާ ނުކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ނަސޭހަތްތެރިވެވަޑައިގެންފި އެވެ.
ސަރުކާރުގެ އިޖުތިމާއީ ކައުންސިލުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމު ވިދާޅުވީ، ޝަރުއީ އުސޫލުން ބަލާއިރު އެއްވެސް ގައުމެއްގެ ވިސާ ނަގައިގެން އެގައުމަކަށް ވަދެތިބޭ ބޭރުގެ މީހުންނަަށް ހުރިހާ ގޮތަކުންވެސް އަމާންކަން އޮންނަންޖެހޭނެ ކަމަށެވެ.
"ހޮޓާތައް ހުންނަ ސަރަހައްދުތަކަށް އެއްވެ މުޒާހަރާކޮށް އަޑުގަދަކޮށް ތާޅަފިލި ބޭނުންކޮށްގެން ހަޅޭއްލަވާ މިފަދަ ކަންކަންކުރީމަ ދުނިޔޭގެ އެކި ގައުމުތަކުން ރާއްޖެ އައިސްތިބޭ ޓުއަރިސްޓުންނަށް ކުރާ އިހްތިރާމަށް އުނިކަންއާދޭ. އެހެންކަމުން އެފަދަކަންކަން އެގޮތަށް ނުކުރަން ނަސޭހަތްތެރިވަން،" އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނާއި މެދު ރާއްޖޭން ގެންގުޅޭ ސިޔާސަތާއި ދިވެހިން ދައްކުވައިދޭ ރީތި ނަމޫނާގެ ސަބަބުން އިސްލާމީ ގައުމުތަކުން ތައުރީފުތައް ލިބިގެންދާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
އިސްރާއީލު ޓުއަރިސްޓުން ރާއްޖެ އައުން ހުއްޓުވާލުމަށް ގޮވާލައި އަޑުއުފުލި މާލޭގައި ވަނީ ސިލްސިލާ މުޒާހަރާ ތަކެއް ކޮށްފަ އެވެ.