14 Aug 2014, 16:14
އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުން އާސިމް އަބްދުއްސައްތާރު ވަކި ކުރައްވައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރު އަހްމަދު އަބޫބަކުރު "ސަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އާސިމް މަގާމުން ވަކި ކުރައްވާފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ ނިންމުގެ މަތިން ކަމަށެވެ.
އޭނާ މާގާމުން ވަކި ކުރެއްވީ އިލެކްޝަންސް ކޮމިޝަނުން މެމްބަރުންގެ ބައްދަލަވުގައި އޭނާ ޕާފޯމެންސް ދަށް ކަމަށް ބެލުމަށްފަހު ކަމަށް އަބޫބަކުރު ވިދާޅުވި އެވެ.
"ވަޒީފާގެ ބަޔާނުގައިވާ ގޮތުން ޖެހޭނެ 75 ޕަސެންޓް މާކްސް ޕާފޯމެންސް އަށް ލިބެން. އެވަރު ލިބިފައިނުވާތީ އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އޭނާ ސެކްރެޓަރީ ޖެނަރަލްގެ މަގާމުން ވަކި ކުރެއްވުމަށް،"
މިހާރު ސެކްރެޓަރީ ޖެނަރަލްގެ މަގާމުގެ މައްސޫލިއްޔަތު އަދާ ކުރައްވަނީވެސް ޑިރެކްޓަރު އަހްމަދު އަބޫބަކުރު އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް އާސިިމް ހަމަ ހައްސަވާފައިވަނީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގަ އެވެ.