14 Aug 2014, 15:06
ސައުތު ކޮރެޔާގައި އޮންނަ 17 ވަނަ އޭޝިއަން ގޭމްސްގައި ރާއްޖެއިން ވާދަކުރާ ބާސްކެޓް ބޯޅަ ޓީމުގެ ކުޅުންތެރިންގެ ސްކޮޑް އިއުލާންކޮށް، އެކުޅުންތެރިންނަށް ޖާޒި ހަވާލުކޮށްފި އެވެ.
މުބާރާތުގައި ވާދަކުރާ ކުޅުންތެރިންނަށް ޖާޒީ ހަވާލު ކުރުން އޮތީ ރޭ "މެރީ ބްރައުން" ރެސްޓޯރަންޓްގައެވެ. މި މުބާރާތުގައި ރާއްޖެއިން ވާދަކުރާ ޓީމުގެ ސްކޮޑް ގައި ހިމެނެނީ ޖުމްލަ 12 ކުޅުންތެރިންނެވެ.
ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން ބުނީ، އަންނަ މަހުގެ 20 އިން އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި ވާދަކުރުމަށްޓަކައި ރާއްޖޭގެ ޓީމް ކޮރެޔާއަށް ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 16 ވަނަ ދުވަހު ކަމަށެވެ.
މުބާރާތައް ތައްޔާރު ވުމަށްޓަކައި ޓީމުގެ ފަރިތަކުންތައް ފަަށާފައި ވާއިރު، ޓީމުގެ ކޯޗަކީ އިބްރާހިމް ނާހިދެވެ. އަދި ޓީމުގެ އެސިސްޓެންޓް ކޯޗަކަށް އަހްމަދު ފަޔާޒް ހަމަޖައްސާފައި ވާއިރު، މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ އިބްރާހިމް މުހައްމަދެވެ.
މުބާރާތުގައި ވާދަކުރާ ގައުމީ ބާސްކެޓް ޓީމްގެ ސްކޮޑް:
1- އިބްރާހިމް ރަސްވާން (ޑީއެސްސީ)
2- މުހައްމަދު ޒިލާޒް (ރާރުއެލްސީ)
3- އަހުމަދު ފިރާސް (އަރުއެލްސީ)
4- އިސްމާއިލް ވިލްދާން (ޑީއެސްސީ)
5- އަލީ ފަޒްލީ (އާރުއެލްސީ)
6- ޒަކަރިއްޔާ އަބްދުލް ލަތީފް (ޓީރެކްސް ބީސީ(
7- އަހުމަދު އަލީ މުސްތަފާ (ހަރިކާން ބީސީ)
8 ހުސައިން ހަލީމް (އާރުއެލްސީ)
9- އަހުމަދު އިފްސާހް (ހަރިކޭސް ބީސީ)
10- އިލިއާސް އިބްރާހިމް (ޓީރެކްސް ބީސީ)
11އަހުމަދު އަދުހަމް (ހަރިކޭން ބީސީ)
12 އަހުމަދު އައުޝަން (ޓީރެކްސް ބީސީ)