14 Aug 2014, 01:23
ރާއްޖެއިން ފުރައިގެން ދާންއުޅު އިޓަލީގެ ދެ ލޯބިރިންގެ ދަބަހުން ދިޔާއެއްޗެއް އަޅާފައި ހުރި ފުޅިތަކެއްގައި ބަންދުކޮށްފައި ހުރި، ހަރުފަތަކަކާއި ނަގުލަންދާށިތަކެއް ފެނިއްޖެ އެވެ.
މިގޮތަށް ފުޅީގައި ބަންދުކޮށްފައި ހުންނަ، ވިހަގަދަ ކޯބްރާއަކީ "ސްނޭކް ވައިން" އުފެއްދުމަށް ބޭނުންކުރާ ބާވަތެއް ކަމަށްވާ އިރު، "ބްލެކް ސްކޯޕިއަން" އަކީ، "ސްކޯޕިއަން ވައިން" އުފެއްދުމަށް ބޭނުންކުރާ ބާވަތެކެވެ. އަދި މި ދެބާވަތުގެ ރަލަކީ، ފަރަންޖީ ގައުމުތަކުގައި "ޓްރެޑިޝަނަލް މެޑިސިން"ގެ ގޮތުގައި، ސިއްހީ ބައެއް ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުން ކުރާ ބާވަތްތަކެވެ.

ބ. ދަރަވަންދޫ އެއާޕޯޓުން މިރޭ ފުރަންއުޅުނު ފަތުރުވެރިން ތަކެއްގެ ދަބަހުން ފެނުނު، ނަގުލަންދާށްޓާއި ހަރުފަ ލާފައިވާ ފުޅިއެއް: މިގޮތަށް ބަންދުކޮށްފައި އާންމުކޮށް ހުންނަނީ "ސްނޭކް ވައިން" އާއި "ސްކޯޕިއަން ވައިން" -- ސަން ފޮޓޯ: ކިއުންތެރިއެއް
ނަމަވެސް ފަތުރުވެރިންގެ ދެމީހުންގެ ދަބަހުން މިރޭ ފެނުނު އެއްޗެހި ތަކަކީ "ބަނގުއާވި" އަޅާފައިހުރި ފުޅިތަކެއް ކަމެއް ނުވަތަ ނޫން ކަމެއް ވެސް ސަންއަށް ކަށަވަރެއް ނުވެއެވެ.
އިޓަލީގެ ދެ ލޯބިވެރިއެއްގެ ދަބަހުން، ކުނި ނުވާގޮތަށް ފުޅިތަކުގައި ބަންދުކޮށްފައިވާ ހަރުފަތަކާއި ނަގުލަންދާށިތައް ފެނުނީ އެނބުރި ގައުމަށް ދިއުމަށްޓަކައި ބ. ދަރަވަންދޫ އެއާޕޯޓުން ފުރައިގެން މިރޭ މާލެ އަންނަން އުޅެނިކޮށެވެ.

ބ. ދަރަވަންދޫ އެއާޕޯޓުން މިރޭ ފުރަންއުޅުނު ފަތުރުވެރިން ތަކެއްގެ ދަބަހުން ފެނުނު، ނަގުލަންދާށްޓާއި ހަރުފަ ލާފައިވާ ފުޅިއެއް: މިގޮތަށް ބަންދުކޮށްފައި އާންމުކޮށް ހުންނަނީ "ސްނޭކް ވައިން" އާއި "ސްކޯޕިއަން ވައިން" -- ސަން ފޮޓޯ: ކިއުންތެރިއެއް
"ސަން"އަށް އެނގިފައިވާ ގޮތުގައި އެ މީހުންގެ ދަބަހުން ފެނުނު ތިން ފުޅީގައި މަރުވެފައި ހުރި ވިހަގަދަ ބާވަތެއް ކަމަށްވާ ކޯބުރާ ތިން ހަރުފަ އާއި ތިން ނަގުލަންދާށި ފެނިފައި ވެ އެވެ. ޗުއްޓީ ހޭދަކޮށްލުމައްޓަކައި ރާއްޖެ އައިސް އެ ދެ ލޯބިވެރިންގެ ދަބަހުން އެ ތަކެތި ފެނިފައި ވަނީ ބ. އަތޮޅު ކިހާދުއްފަރު ރިސޯޓުން ފުރައިގެން މާލެ އައުމަށް ދަރަވަންދޫ އެއާޕޯޓަށް ދިޔަތަނުން އެ އެއާޕޯޓުން އެ މީހުންގެ ލަގެޖްތައް ޗެކްކުރަމުނެވެ.

ބ. ދަރަވަންދޫ އެއާޕޯޓުން މިރޭ ފުރަންއުޅުނު ފަތުރުވެރިން ތަކެއްގެ ދަބަހުން ފެނުނު، ނަގުލަންދާށްޓާއި ހަރުފަ ލާފައިވާ ފުޅިއެއް: މިގޮތަށް ބަންދުކޮށްފައި އާންމުކޮށް ހުންނަނީ "ސްނޭކް ވައިން" އާއި "ސްކޯޕިއަން ވައިން" -- ސަން ފޮޓޯ: ކިއުންތެރިއެއް
މަރުވެފައިވާ ތިން ހަރުފައާއި ތިން ނަގުލަންދާށި ވަނީ ބިއްލޫރި ތިން ފުޅީގެ ތެރޭގައި ބަންދުކޮށްފަ އެވެ. އަދި މިހާރު އެތަކެތި ހުރީ ދަރަވަންދޫ އެއާޕޯޓުގެ ބެލުމުގެ ދަށުގައި ކަން ވެސް "ސަން"އަށް ވަނީ ކަށަވަރު ވެފަ އެވެ.

ބ. ދަރަވަންދޫ އެއާޕޯޓުން މިރޭ ފުރަންއުޅުނު ފަތުރުވެރިން ތަކެއްގެ ދަބަހުން ފެނުނު، ނަގުލަންދާށްޓާއި ހަރުފަ ލާފައިވާ ފުޅިއެއް: މިގޮތަށް ބަންދުކޮށްފައި އާންމުކޮށް ހުންނަނީ "ސްނޭކް ވައިން" އާއި "ސްކޯޕިއަން ވައިން" -- ސަން ފޮޓޯ: ކިއުންތެރިއެއް
މި މަހުގެ އަށް ވަނަ ދުވަހު ރާއްޖެ އައި އެ ދެ މީހުންގެ ދަބަހުން ފުޅިތަކެއްގައި ބަންދުކޮށްފައި ހުރި ހަރުފަތަކާއި ނަގުލަންދާށިތަކާ ބެހޭ ގޮތުން ފުލުހުން ވެސް އަދި އެމްއެންޑީއެފަކުން ވެސް މީޑީއާއަަށް އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.