އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް (އޯޕީޕީ) ރައީސް ޖުުމްހޫރިއްޔާ އުވާލެއްވީ ހަރަދު ކުޑަކުރަން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް ޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިރޭ ސަންއަށް ވިދާޅު،ވީ ރައީސް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިދިޔަ ބުރާސްފަތި ދުވަހު އޯޕީޕީ އުވާލައްވާފައިވާ ކަމަށެވެ. އެ ފިޔަވަޅަކީ ހަަރަދު ކުޑަކުރެއްވުމަށާއި އޯޕީޕީއިން ކުރަމުންދިޔަ މަސައްކަތަކީ ހައުސިން މިނިސްޓްރީން ކުރާ ފަދަ މަސައްކަތަކަށް ވުމުން އެޅުއްވި ފިޔަވަޅެއް ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.

"އޯޕީޕީއިން ކުރަމުންދިޔަ މަސައްކަތްތަކަކީ ހައުސިން މިނިސްޓްރީއިން ވެސް ކުރަމުންދާ ފަދަ މަސައްކަތްތަކެއް." މުއާޒް ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ އޯޕީޕީއުވާލި ނަމަވެސް އެތަނުގައި ވަޒީފާ އަދާކުރަމުންދިޔަ ފަރާތްތަކުގެ ވަޒީފާ ނުގެއްލޭ ކަމަށެވެ. އަދި މިހާރު އެ މުވައްޒިފުން ތިބޭނީ ހައުސިން މިނިސްޓްރީގެ ދަށުގައި ކަމަށް ވިދާޅުވި އެވެ.

އޯޕީޕީއަކީ 2010 ރައީސް ނަޝިދު އުފައްދާފައިވާ މުއައްސަސާއެކެވެ. އެ މުއައްސަސާގެ މަގުސަދަކީ ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް ހިނގާ ނުހިނގާގޮތް ބެލުމެވެ.