13 Aug 2014, 18:23
ބޮރޫސިއާ ޑޯޓްމަންޑްގެ މާކޯ ރޮއިސް، ބަޔާން މިއުނިކުން ބޭނުން ނުވާކަމަށް އެޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ޑޯޓްމަންޑުން މާރިއޯ ގޮޓްޒޭ ގެނައި އިރު، އަންނަ ސީޒަނަށް ވަރުގަދަ ކުރުމުގެ ގޮތުން ބަޔާނުން ވަނީ ޑޯޓްމަންޑްގެ ޕޮލެންޑް ފޯވާޑް ރޮބާޓް މަންޒޫކިޗް ގެނެސްފަ އެވެ.
ރޮއިސް ހޯދުމަށް ބަޔާނުން ބުރަ މަސައްކަތެއް ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނަމުންދިޔަ ނަމަވެސް، ގާޑިއޯލާ ވަނީ އެ ޓީމަށް އިތުރު ފޯވާޑެއް ބޭނުން ނުވާ ކަމަށް ބުނެ، އެ ވާހަކަތައް ދޮގުކޮށްފައެވެ. ބަޔާނުގެ ކޯޗު އެހެން ބުނި ނަމަވެސް، ގާޑިއޯލާ ވަނީ ބަޔާނުގެ ކުޅުންތެރިންގެ ފިޓްނަސްއާ މެދު އިއްޔެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"މި ޓީމުގައި މިހާރު ވެސް އަށް ފޯވާޑުން އެބަ ތިބި،" ނޫސްވެރިންނާ ވާހަކަދައްކަމުން ގާޑިއޯލާ ބުންޏެވެ. "އޭނާ ބޭނުމެއް ނޫން. އާ ކުޅުންތެރިންނެއް ބޭނުމެއް ނޫން. މިހާރު ސްކޮޑުގައި ތިބި ކުޅުންތެރިންނާ މެދު އަހަރެން މިހިރީ ހިތްހަމަޖެހިފައި."
މިދިޔަ ސީޒަނުގައި ގާޑިއޯލާގެ ކޯޗުކަމުގެ ދަށުން ބަޔާނުން ވަނީ ޖަރުމަން ބުންޑަސްލީގާ އާއި ޖަރުމަން ކަޕް ކާމިޔާބުކޮށްފައެވެ.