13 Aug 2014, 14:14
ގަތަރު އެއާވޭސް އިން ރާއްޖެއަށް ހާއްސަކޮށްގެން 25 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަން އެއް ފަށައިފިއެވެ.
ޔޫރަޕް، މެދު އިރުމަތި، އެފްރިކާ އަދި އެމެރިކާ ބައްރުގެ ކަނޑައެޅިފައިވާ ވަކި މަންޒިލުތަކަކަށް، އިކޮނޮމީ އަދި ޕްރީމިއަމް ކެބިންތަކުން ސީޓް ގަންނަ ކަސްޓަމަރުންނަށް މި ޑިސްކައުންޓްގައި ބައިވެރިވެވެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 15 އޯގަސްޓް 2014 ވާ ހުކުރު ދުވަހުގެ ނިޔަލަށް ކަމަށް ގަތަރު އެއާވޭސްއިން އަންގާރަދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ވެއެވެ.
މި ޕްރޮމޯޝަންގެ ދަށުން ބުކިންގ ހަދާ ކަސްޓަމަރުންނަށް ދަތުރުކުރުމަށްޓަކައި 4 މަސްދުވަހުގެ މުއްދަތެއް ލިބެއެވެ. މި ޕްރޮމޯޝަންގެ ދަށުން ނަގާ ޓިކެޓްތަކުގައި ދަތުރުކުރާނަމަ 10 ޑިސެމްބަރު 2014 ގެ ކުރިން ދަތުރުތައް ފުރިހަމަކުރަން ޖެހެއެވެ.
ގަތަރު އެއާވޭސްއިން ބުނިގޮތުގައި މި ޕްރޮމޯޝަންގެ ދަށުން އިކޮނޮމީ ކްލާސް އަދި ޕްރީމިއަމް ކެބިން އިން ދަތުރު ކުރާ އެންމެނަށް ‘ފްރިކުއަންޓް ފްލަޔާ ޕޮއިންޓް’ ލިބުމުގެ ފުރުސަތު އޮންނާނެއެވެ.
“މިއީ އަހަރަމެންގެ ފަސެންޖަރުންނަށް ހުށަހަޅާ ހާއްސަ ފެއަރ ތަކެއް. ފަސެންޖަރުންގެ އިހުލާސްތެރިކަމަށް އަހަރަމެން ޝުކުރުއަދާކުރަން،” ގަތަރު އެއާވޭސް އިން ދިވެހިރާއްޖެ އާއި ސްރީލަންކާ އަށް ހުންނަ ކަންޓްރީ މެނޭޖަރު އަޖޭ ޖޭކޮބް ބުންޏެވެ.
ރާއްޖޭގައި ހުންނަ ގަތަރު އެއާވޭސްގެ ސޭލްސް އޮފީސްތައް މެދުވެރިކޮށް، ނުވަތަ ރެޖިސްޓަރޑް ޓްރެވަލް އޭޖަންޓުން މެދުވެރިކޮށްބުކިންގ ހެދުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވެއެވެ. އަދި ގަތަރު އެއާވޭސްގެ ވެބްސައިޓް މެދުވެރިކޮށްބުކިންގ ހެދުމުންވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭ ކަމަށް ގަތަރު އެއާވޭސް އިން ބުންޏެވެ.
ގަތަރު އެއާވޭސްގެ އޮޕަރޭޝަންތައް ފެށިތާ 17 އަހަރު ވެފައިވާއިރު ގަތަރު އެއާވޭސްގެ 134 މަތިންދާބޯޓެއް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ 144 މަންސިލަކަށް މިހާރު ވަނީ އުދުހެން ފަށާފައެވެ.