ތ. އަތޮޅު ވިލުފުށީ ކައިރީގައި އޮންނަ ހޮނޑެލިފުށި ކިޔާ ފަޅުރަށަކުން ކިނބުލެއް ފެނިފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ. އެ ކިނބުލުގެ ބޮޑު މިން ހަތަރު ފޫޓް ހުންނަ ކަމަށާއި ކިނބޫ މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުންޏެވެ.
ކިނބޫ ހިފާފައި ވަނީ ވިލުފުށީގައި ތިބޭ ފުލުހުން ކަމަށް ފުލުހުންގެ މީޑިއާ ކޯޑިނޭޓަރު ސަބް އިނިސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވި އެވެ. ކިނބޫ ފެނުނުކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އެ ރަށަށް ދަތުރުގޮސް އުޅުނު ކުދިބައެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.