12 Aug 2014, 16:54
ބޭންކް އޮފް މޯލްޑިވްސް އިން ރޯދަ މަހަށް ހާއްސަކޮށްގެން ފެށި، "ރޯދަ ވެދުން" ޕްރޮމޯޝަންގެ ހަތަރު ވަނަ ހަފްތާގެ ނަސީބުވެރިން މިއަދު ހޮވައިފި އެވެ.
ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ބީއެމްއެލްގެ ޕީއޯއެސް މެޝިން މެދުވެރިކޮށް ވިޔަފާރި ކުރާ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގެ ހަތަރު ވަނަ ހަފުތާގެ ނަސީބުވެރިންގެ ގުރުއަތު ނެގީ މިއަދު މެންދުރު ފަހު ބީއެމްއެލް މަޖީދީމަގު ބްރާންޗްގައި ބޭއްވި ރަސްމިއްޔާތެއްގައި ޖީސީއައި މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަޒްރާ އަބްދުއްރަޙްމާން އެވެ.
ރޯދަ ވެދުން ޕްރޮމޯޝަންގެ ހަތަރު ވަނަ ހަފްތާގެ ނަސީބުވެރި ތިންފަރާތަކަށް ހޮވިފައި ވަނީ، ގ. ސިރިބަން، އިބްރާހިމް ހިންދާމް އާއި ސ. ފޭދޫ އަންބަރީގެ، މުޙައްމަދު އިކްރާމް ގެ އިތުރުން ސ. ހިތަދޫ ކުރިކިހިލަގެ، ސަނާ ޒުބައިރު އެވެ.
ބީއެމްއެލްގެ ރޯދަ ވެދުން ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތްތަކަށް އެ ކަސްޓަމަރަކު ހަފްތާއެއްގެ ތެރޭގައި ކާޑުން ވިޔަފާރި ކުރުމަށް ހޭދަކުރި ފައިސާގެ ތިން ގުނަ ފައިސާ އަނބުރާ އެ ކަސްޓަމަރެއްގެ އެކައުންޓަށް ޖަމާކޮށްދެވޭނޭ ކަމަށް ގައުމީ ބޭންކުން ވަނީ ބުނެފަ އެވެ. އެގޮތުން ކޮންމެ ކަސްޓަމަރަކަށް ވެސް ގިނަވެގެން ދެވޭނީ 50،000ރ ކަމަށްވެސް އެ ބޭންކުން ބުންޏެވެ.