ގިނަ އަދަދެއްގެ ކޮކެއިން ރާއްޖެ އެތެރެ ކުރި ތައިލެންޑް އަންހެނަކު، މާލޭގައި އުޅެނިކޮށް ފުލުހުން އޭނާ އަތުލައިގެންފި އެވެ.

ފުލުހުން ބުނީ އޭނާ އަތުލައިގަތީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އޭނާ އަތުން ފެނުނު ކޮކެއިންގެ ބަރުދަނުގައި ހުރި މިންވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ހަމައެކަނި ފުލުހުން ބުނީ އޭނާ އަތުން ފެނުނީ ގިނަ އަދަދެއްގެ ކޮކެއިން ކަމަށެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ތައިލެންޑް މީހާގެ ވަނަވަރެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ހަމައެކަނި ބުނީ އެ އަންހެން މީހާގެ އުމުރަކީ 27 ކަމަށެވެ.

ތައިލެންޑް އަންހެން މީހާގެ އަތުން ގިނަ އަދަދެއްގެ ކޮކެއިން ފެނުނީ އޭނާ ގެންގުޅުނު އެއްޗެހި ތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށް ފުލުހުން ބުންޏެވެ.