15 Jan 2011, 15:22
މަސްދޯނި ފަހަރުގެ ހަރަކާތްތައް ބަލައި މޮނީޓާ ކުރުމުގެ ނިޒާމު މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ގާއިމްކޮށް ނިމޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ޕްރޮޖެކްޓް އޮފިސާ މުހަންމަދު ސަމީމް މިއަދު ވިދާޅުވީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ޖިއޯ އައިގެ ފަރާތުން ރާއްޖޭގައި ގާއިމްކުރާ ވެސަލް މޮނިޓަރިން ސިސްޓަމް މަސްދޯނި ފަހަރުތައް މަސްކަނޑުތަކުގައި ހަރަކާތްތެރިވާ ގޮތް ދެނެގަތުމުގެ ގާބިލްކަން ލިބިގެންވާ ނިޒާމެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ މިހާރު ރަށު އޮފީސްތަކަށް ފޮނުވާ މަސް ރިޕޯޓްތައް ސީދާ އެ މިނިސްޓްރީ އަށް ފޮނުވުމުގެ އިންތިޒާމް އެ ނިޒާމުގެ ތެރެއިން ހަމަޖެހިގެން ދާނެ ކަމަށެވެ.
އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗާ އެންޑް ޑިވަލޮޕްމަންޓް (އިފާޑު)ގެ އެހީގައި ރާއްޖޭގައި ގާއިމް ކުރާ އެ ނިޒާމަކީ ކޮންމެ މަސްދޯންޏެއްގައި ވެސް ވަކި ޑިވައިސެއް ހަރުކޮށްގެން އެއް ގަމުގައި ހުންނަ ބޭސްސެންޓަރަކަށް ސެޓަލައިޓްގެ އެހީގައި އެ ދޯންޏެއް އޮންނަ ހިސާބާއި ދުރުމިން ދެނެގަންނަ ނިޒާމެއް ކަމަށް ޖީއޯ އައިގެ ރަސްމީ ވެބްސައިޓްބުނެ އެވެ.
ސަމީމް ވިދާޅުވީ އެ މަސައްކަތް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޖީއޯ އައިއާ ހަވާލުކޮށްފައި ވަނީ އެކަމަށް ކުރިމަތިލި ތިން ކުންފުނީގެ ތެރެއިން އެންމެ ތަޖުރިބާކާރު ކުންފުންޏަކީ އެ ކުންފުނި ކަމަށްވާތީ ކަމަށެވެ. އެހެނަމަވެސް އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކިހާ ވަރަކަށް ކަމެއް ސަމީމް ވިދާޅެއްނުވި އެވެ.
ޖީއޯ އައިއަކީ ސެޓަލައިޓްގެ ޒަރިއްޔާއިން ތަންތަނުގެ ފޮޓޯ އާއި ތަސްވީރު ނެގުމާއި އެތަންތަނުގެ މައުލޫމާތު ހޯދުމުގެ ޓެކްނޮލޮޖީ އުފައްދައި ތަރައްގީ ކުރުމުގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ އެމެރިކާގެ ކުންފުންޏެކެވެ. މީގެ ކުރިން އެ ކުންފުނިން ވަނީ ރާއްޖޭގައި ވެސް ބައެއް ޕްރޮޖެކްޓްތައް