ޕާސްޕޯޓާއި އެހެނިހެން ޓްރެވެލް ޑޮއިކުމެންޓްތަކަކީ ސައްހަ ތަކެތިކަން ނުވަތަ ނޫންކަން ދެނެގަންނާނެ ނިޒާމެއް ރާއްޖެއަށް މިއަދު ލިބިއްޖެއެވެ.

އީޕާސްޕޯޓް ރީޑިން ސެޓިފިކެޓް ޗެކިން އަދި ބަޔޯމެޓްރިކް ވެރިފިކޭޝަން ސިސްޓަމް އިންޓަނޭނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން ( އައިއެމްއޯ) އިންނެވެ. އައިއޯއެމް އިން ދިން ވެރިފަޔާއާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމަށް ފަހު އިމިގްރޭޝަނުން ބުނީ އެވެރިފަޔާ ބޭނުންކުރާނީ ރާއްޖެ އަންނަ މީހެއްގެ ކަންކަން ދެވަނަ ފަހަރަށް ބަލަން ޖެހޭ ފަދަ ހާލަތްތަކުގައި ކަމަށެވެ.

އައިއޯއެމް އިން މިއަދު އިމިގްރޭޝަނަށް ހަދިޔާ ކުރި ދެ ވެރިފަޔަރް އަކީ ޕާސްޕޯޓާއި ވީޒާއާއި ދަތުރުކުރުމަށް ބޭނުންކުރާ އެހެނިހެން ލިޔެކިއުންތަގެ މައުލޫމާތާއި އޭގައި ހިމެނޭ ސަލާމަތީ ސިފަތައް ދެނެގަތުމަށް ބޭނުންކުރާ އޮޓަމިޓިކް ސިސްޓަމެކެވެ. އަދި އެސިސްޓަމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގެ ބޯޑަރްގައި ބޭނުންކުރާ ސިއްޓަމެކެވެ.

އިމިގްރޭޝަނުން ބުނީ އަލަށް މިލިބުނު ސިސްޓަމާ އެކު އިމިގްރޭޝަންގެ ފޮރެންސިކް ޑޮކިއުމަންޓް އެގްޒެމިނޭޝަން ލެބްގެ މަސައްކަތް އިތުރަށް ފުޅާވެ، ހަރުދަނާ ވާނެ ކަމަށެވެ.

އައިއޯއިމް ހަދިޔާ ކުރި ދެވެރިފަޔާ އާ ހަވާލުވީ ޑިފެންސް މިނިސްޓަރް ނާޒިމް އެވެ. އަދި އައިއޯއެމްގެ ފަރާތުން އެ ދެވެރިފަޔާ ހަވާލުކޮށްދެއްވީ އެއެޖެންސީގެ ޕްރޮގްރާމް މެނޭޖަރް އާލިއާ ހިރްޖީ އެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރް ކާނަލް ރިޓަޔާޑް މުހައްމަދު ވިދާޅުވީ ކުށްވެރިން މިއަދު ތިބީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައި ކަމަށާއި ބޯޑަރު ހުރަސްކޮށް ކުރާ ކުށްތައް އިތުރުވަމުން އަންނަ ކަމަށެވެ. އެހެންވެ މިއަދު ލިބުނު ސިސްޓަމަކީ ރާއްޖޭގެ ބޯޑަރްގެ ސަލާމަތީ ކަންކަން ބެލެހެއްޓުން އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

"... ކުށްވެރިން މިއަދު އުޅެނީ މާ އޯގަނައިޒްކޮށް، ޓެކްނޮލޮޖީގެ ގޮތުން މާ ގާބިލުކޮށް. ސަރަހައްދީ ރޮނގު ހުރަސްކޮށް ކުށް ކުރުން އަންނަނީ އިތުރުވަމުން. ޓެރަރިޒަމްގެ ބިރަކީ މިސަރަހައްދުގައި މައިގަނޑު ކަންބޮޑުވުމެއް،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ އެއްގައުމުން އަނެއް ގައުމަށް ގޮސް ކުރާ އެކި ބާވަތް ބާވަތުގެ ކުށް ތަކަކީ ސަރުކާރުތަކާއި ރައްޔިތުންނަށް އޮތް ނުރައްކަލެއް ކަމަށެވެ. ސްމަގުލް ކުރާ މީހުންނާއި އެކި ބާވަތްތަކުގެ ކުށްތައް ކުރާ މީހުން އަބަދު ވެސް އަޅުގަނޑުމެންގެ ސަރަހައްދީ ރޮނގުތަކަށް (ގައުމުތަކަށް އެތެރެވާން) ޓާގެޓް ކުރާ ކަމަށެވެ.
ޓެރަރިޒަމާއި ސަރަހައްދީ ރޮނގު ހުރަސްކޮށް ކުރާ ކުށްތަކުގެ ނުރައްކާ ކުޑަ ކުރުމަށް ޓަކައި ސަރަހައްދީ ރޮނގުގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށް ރާއްޖޭން އަންނަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބޯޑަ ސެކިއުރިޓީ ވަރުގަދަ ކުރުމަށާއި ޓެރަރިޒަމާއި ސަރަހައްދީ ރޮނގު ހުރަސްކޮށް ކުރާ ކުށްތައް ބޯޑަ ސެކިއުރިޓީ ރަނގަޅުކުރުމަށް އަދި ޓެރަރިޒަމާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތައް އެޅުމަށް އަޅުގަނޑުމެން މިއަންނަނީ މަސައްކަތް ކުރަމުން،" ނާޒިމް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިއަދު ލިބުނު ސިސްޓަމްގެ ސަބަބުން އޮޅުވާލުމާއި ގާނޫނާ ހިލާފު ކަންތައްތައް ކޮށްފާނެ މީހުން ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ބާރަކަށް ވެގެންދާނެ ކަމަށެވެ.