12 Aug 2014, 12:28
މޯލްޑިވްސް ޕޫލް ބިލިއަރޑް އެސޯސިއޭޝަން އިން އިންތިޒާމުކޮށްގެން ކުރިއަށްގެން ދިޔަ ގައުމީ 9 ބޯލް ބިލިއާޑް މުބާރާތުގެ ޗެންޕިއަންކަން ހުސައިން ފަޔާޒް ހޯދައިފި އެވެ.
ހުސައިން ފަޔާޒް ޗެންޕިއަންކަން ހޯދީ ރޭކުޅެވުނު މުބާރާތުގެ ފައިނަލް މެޗުގައި އަލީ ފަޔާޒާ ބައްދަލުކޮށް 6 ފްރޭމް 7 ފްރޭމް އިން މެޗް ކާމިޔާބު ކޮށްގެންނެވެ.
މުބާރާތް ނިމުމުން މުބާރާތުގެ ވަނަ ވަނަ އަށް އައި ކުޅުންތެރިންނަށް ތައްޓާއި އިނާމު ދެއްވީ ފައިނަލް މެޗްގެ ސަރަފްވެރި މެހްމާން ރައްޔިތުން މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.
މުބާރާތުގެ ތިން ވަނަ ކުޅުންތެރިޔާގެ މަގާމް ހޯދީ އަޙްސަން ހާސިމެވެ. އަދި 4 ވަނައިން 8 ވަނައާ ދެމެދު ހޮވުނު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މުހައްމަދު ޝަރީފާއި މޫސާ ސާމިއު އާއި އިބްރާހީމް ހަނީފާއި އަހުމަދު ރަމްޒީީ އަދި މުހައްމަދު ދުންޔާޒެވެ.
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭސަނުން ބުނީ، ކުރިއަށް ދެ ން އޮތީ ދެ ވަނަ އިންޓަ އޮފީސް ބިލިއަޑް ޗެންޕިއަންޝިޕް ކަމަށާއި އެ މުބާރާތް މި މަހުގެ 18 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.