12 Aug 2014, 11:59
ޔޫއެފާ ސުޕަ ކަޕްގައި ސެވިއްޔާއާ ދެކޮޅަށް ރާއްޖެ ގަޑިން މިރޭ 11:45ގައި ރެއާލް މެޑްރިޑް ނުކުންނައިރު، ޓީމުގައި ސީރިއަސް އަނިޔާގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ރެއާލްގެ ކާލޯ އެންޗެލޯޓީ ބުނެފި އެވެ.
މިރޭ މެޗުގެ ކުރިން އެންޗެލޯޓީ ބުނީ، ސެވިއްޔާއަކީ ބަލިޓީމެއް ނޫން ކަމަށާއި އެޓީމާ ދެކޮޅަށް ރެއާލްއިން ނުކުންނާނެ ފުރަތަމަ 11 ކުޅުންތެރިންނަކީ މިވަގުތައް ނެގެންއޮތް އެންމެ ވަރުގަދަ 11 ކުޅުންތެރިން ކަމަށެވެ. އެގޮތުން އަލަށް ޓީމާ ގުޅުނު ޓޯނީ ކްރޫސް އަދި ހަމޭސް ރޮޑްރިގޭޒް ވެސް މިރޭގެ މެޗުގައި ފެންނާނެ ކަކަމަށް އެންޗެލޯޓީ ބުންޏެވެ.
"ސެވިއްޔާއަކީ ބަލި ޓީމެއް ނޫން. އަހަރުމެން ސެވިއްޔާއާ ދެކޮޅަށް ނުކުންނާނީ ކާމިޔާބު ހޯދަން. ޓީމާ އަލަށް ގުޅުނު ކުޅުންތެރިން ވެސް މިރޭގެ މެޗުގައި ކުޅޭ. މިއީ އެކުޅުންތެރިން ޓީމާ އަލަށް ގުޅުނު ފަހުން ކުޅޭ ފުރަތަމަ މެޗް." އެންޗެލޯޓީ ބުންނެވެ.
އެންޗެލޯޓީ ބުނީ، ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް މިރޭގެ މެޗުގައި ކުލޭނެ ކަމަށާއި ފާއިތުވި ދުވަސްތަކުގައި ރޮނާލްޑޯ އަނިޔާގައި ހުރި ނަމަވެސް އޭނާ މިހާރު ހުރީ ވަރަށް ފިޓްކޮށް ކަމަށް އެންޗެލޯޓީ ބުންޏެވެ.