"ލާން ޓު ސްވިމް"ގެ ނަމުގައި ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގުމަށް ޗައިނާ އެމްބަސީން ރާއްޖެއަށް އެހީއެއް ދީފި އެވެ.

މި ޕްރޮގްރާމް ސްޕޮންސާ ކުރުމަށް ޗައިނާ އެމްބަސީ އާއި ސްވިމިންގް އެސޯސިއޭޝަނާ ދެމެދު މިރޭ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި ރަސްމިއްޔާތު ބޭއްވީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގައެވެ.

ޗައިނާ އެމްބަސީގެ ފަރާތުން "ލާން ޓު ސްވިމް" ސްޕޮންސާޝިޕް އެއްބަސްވުމުގައި ޗައިނާ އެމްބަސީން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ފުކަންގް އެވެ. އަދި ސްވިމިންގް އެސޯސިއޭޝަނުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް އަދި އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް މުހައްމަދު އަބްދުލް ސައްތާރެވެ.

ފަތަން ދަސްކޮށްދޭ ޕްރޮގްރާމަށް އެހީތެރިވެދިނުމުގެ ގޮތުން ޗައިނާއިން ވަނީ 4378 ޑޮލަރު (437815.42 ރުފިޔާ)ގެ ޗެކެއް ސްވިމިންގް އެސޯސިއޭޝަނާ ހަވާލުކޮށްފަ އެވެ. އެ ޕްރޮގްރާމަށް އެހީތެރިވެދިނުމުގެ ގޮތުން 150 ކިކް ބޯޑު ރާއްޖެއަށް ހަދިޔާކުރައްވާނެ ކަމަށް ޗައިނާގެ ސަފީރު ފުކަންގް ވިދާޅުވެފައި ވެއެވެ.

ސްވިމިންގް އެސޯސިއޭޝަނުން ބުނީ، ދެ ބެޗަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި 128 ކުދިންނަށް ފުރުސަތު ދޭނެ ކަމަށެވެ.