ގައުމީ ވޮލީބޯޅަ ލީގުގައި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ކުޅުނު ތިންވަނަ މެޗްގައި ސްޕޯޓްސް ކްލަބް ސިޓީއާ ވާދަކޮށް ސީދާ ތިން ސެޓުން ކާމިޔާބުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ސެޓް ޑީއެސްސީ ގެންދިޔައީ 13 - 25 ޕޮއިންޓުންނެވެ. އަދި ދެވަނަ ސެޓް 26 - 28 ޕޮއިންޓުން ގެންދިޔައިރު ތިންވަނަ ސެޓް ގެންގޮސްފައި ވަނީ 19 - 25 ޕޮއިންޓުންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޑީއެސްސީގެ ކެޕްޓަން އިސްމާއީލް ސާޖިދެވެ.

މިމުބާރާތުގައި ދިވެހި ސިފައިންގެ ކްލަބު ކުޅޭ މެޗެއް ދެން އޮންނާނީ އަންނަ މާދަމާ ރެ އެވެ. އެ މެޗްގައި ޑީއެސްސީ ބައްދަލުކުރާނީ ޕޮލިސް ކުލަބާ އެވެ.