ރީފްސައިޑުން މިއަހަރުގެ މާޗް އެކަކުން ޖުލައި މަހުގެ 31 ވަނަ ދުވަހާ ހަމައަށް އެކިފަހަރު މަތިން ބޭއްވި ތިން ޕްރޮމޯޝަނެއްގެ ގުރުއަތުލުން ބާއްވައި ނަސީބުވެރިން ހޮވައިފި އެވެ.

ސޮނީ ބްރޭންޑުގެ އުފެއްދުންތަކުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރު، ރީފްސައިޑުގެ ސޮނީ ސެންޓަރުގައި މިއަދު ބޭއްވި ގުރުނެގުމުގައި ފީފާ ވޯލްޑް ކަޕްގެ ކުރިން ބޭއްވި، "ސޮނީ ޑޭސް ޕްރޮމޯޝަން" އާއި ފީފާ ވޯލްޑް ކަޕްގެ ތެރޭގައި ބޭއްވި، "ސޮނީ ފީފާ ވޯލްޑް ކަޕް ޕްރޮމޯޝަން" އަދި ރޯދަމަހަށް ހާއްސަކޮށްގެން ބޭއްވި "ސޮނީ ރަމަޟާން ޕްރޮމޯޝަން" ގެ ގުރުނެގުން ވަނީ ބާއްވާފައެވެ.

އެގޮތުން މިއަހަރުގެ މާޗް މަހުގެ އެކަކުން އޭޕްރިލް 30 އަށް ބޭއްވި "ސޮނީ ޑޭސް ޕްރޮމޯޝަން"ގެ އެއް ވަނަ އިނާމަކަށް ހުށަހަޅާފައިވާ 46 އިންޗީގެ ބްރާވިއާ 3ޑީ އިންޓަނެޓް ޓީވީ ލިބުނީ އަލީ އިހްސާން އަށެވެ. ދެވަނަ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވާ އޫރިދޫ ގޯލްޑް ޕެކޭޖް އަދި މައިފައި ޑިވައިސް ވިތު އޫރިދޫގެ ހާއްސަ ގިފްޓް ބޭގު ލިބުނީ ތޯރިގްއަށެވެ. ތިން ވަނައަށް މީޑިއާ ނެޓުން ހުށަހަޅާފައިވާ ތިން މަހުގެ ސަބްސްކިރްޕްޝަން ހިލޭ އައިޕީއޯ-95 ޑީކޯޑަރު ލިބިފައިވަނީ އަހުމަދު ޝާފީ އަށެވެ.

ނިމިދިޔަ ފީފާ ވޯލްޑް ކަޕަށް ހާއްސަކޮށްގެން ރީފްސައިޑުން މޭ އެކަކުން ޖުލައި 13 އަށް ބޭއްވި "ސޮނީ ފީފާ ވޯލްޑް ކަޕް ޕްރޮމޯޝަން" ގެ އެއްވަނަ އަށް ހުށަހަޅާފައިވާ 60 އިންޗީގެ ބްރާވިއާ 3ޑީ އިންތަނެޓް ޓީވީ ލިބުނީ އަބްދުﷲ ނަޒީފަށެވެ. ދެވަނަ އިނާމަކަަށް ހުށަހަޅާފައިވާ ސޮނީ ބްލޫރޭ ހޯމް ތިއޭޓަރު ސިސްޓަމް ލިބުނީ ކައުސަރު އަށެވެ. އަދި ތިން ވަނަ އިނާމަކަށް ހުށަހަޅާފައިވާ ސޮނީ ހޭންޑީކެމް ލިބިފައިވަނީ ހަސަން ވިސްމީ އަށެވެ.

މީގެ އިތުރުން ހަތަރު ވަނައަށް ހުށަހަޅާފައިވާ ސޮނީ ސައިބާ ޝޮޓް ކެމެރާ ލިބުނީ ހުސެއިން ނަޝީދު އިދްރީސްއަށެވެ. ފަސް ވަނަ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވާ ސޮނީ ބްލޫޓޫތު ވަޔަލެސް ސްޕީކަރު ލިބުނީ ސުލްތޯނާއަށެވެ.

މިއަދު ބޭއްވި ގުރުނެގުނުމުގައި ރޯދަ މަހު ސޮނީން ބޭއްވި "ސޮނީ ރަމަޟާން ޕްރޮމޯޝަން"ގެ ގުރުނެގުންވެސް ވަނީ ބާއްވާފައެވެ. އެގޮތުން މިދިޔަ މަހުގެ 14 އިން 31 އަށް ބޭއްވި އެ ޕްރޮމޯޝަންގެ އެއްވަނަ އަށް އިންޑެކްސް ފަރުނީޗަރުގެ ފަރާތުން ހުށަހަޅާފައިވާ ބެޑްރޫމް ސެޓް ލިބިފައިވަނީ މުހައްމަދު އަބްދުﷲ އަށެވެ. އަދި ދެވަނަ އިނާމަށް ހުށަހަޅާފައިވާ 32 އިންޗީގެ ބްރާވިއާ ލެޑް ޓީވީ ލިބުނީ ސަޖީތާ އަބްދުލް މަޖްހީދަށެވެ. ތިން ވަނަ އިނާމަށް ހުށަހަޅާފައިވާ އޫރިދޫ ސިލްވަ ނަންބަރަކާ އެކު އޫރިދޫ 20 ޖީބީގެ ޖަމްބޯ ޕެކް (ދެ މަހުގެ ފީ ހިލޭ) ލިބުނީ އަކްރަމް ރަޝީދަށެވެ.