11 Aug 2014, 20:55
ރޯދަމަހާ ދިމާކޮށް ދަމާސް ފަރުނީޗަރާއި ދަމާސް އެޓޯލް ފަރުނީޗަރުން ކުރިޔަށް ގެންދިޔަ "ސަމާ ކޫލް ސަޕްރައިޒް" އާއި ދަމާސް ގެ އިންޑެކްސް ފަރުނީޗަރުން ކުރިޔަށް ގެންދިޔަ "ވާއު ސޭލް"ގެ ނަސީބުވެރިން ހޮވައިފި އެވެ.
ދަމާސްގެ އިންޑެކްސް ފަރުނީޗަރު ފިހާރައިގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ސޭލްގެ ވެސް ނަސީބުވެރިން ހޮވައިދީފައި ވަނީ ތުއްތު ކުދިން ކޮޅެކެވެ.
މިއަހަރު މެއިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖުލައި 25 އާއި ހަމައަށް ކުރިއަށް ގެންދިޔަ "ވާއު ސޭލް" އަށް އެއްވަނަ އިނާމެއްގެ ގޮތުގައި ރީފްސައިޑުން ހުށަހަޅާފައިވާ 42 އިންޗީގެ ސޮނީ ބްރާވިއާ ޓީވީގެ ނަސީބުވެރި ފަރާތަކަށް ހޮވުނީ ހ. މުރެކްސް، މާޒިޔާ މުހައްމަދު އެވެ. އަދި ދެވަނަ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވާ ސޮނީ ސައުންޑްބާ ލިބުނީ ގއ. ކޮލަމާފުށި މާހިޔާ، އިސްމާއީލް ލޫކް އަލީ ފާރޫގަށެވެ. ތިންވަނަ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވާ ސޮނީ ސައިބާޝޮޓް ކެމެރާގެ އިނާމް ހާސިލްކޮށްފައި ވަނީ ހ. ކަސުރުތޮޅިގެ، ނަސްރުﷲ އަބްދުﷲ އެވެ.
މެއިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖުލައި 15 ވަނަ ދުވަހާ ހަމައަށް ދަމާސްގެ އިންޑެކްސް ފަރުނީޗަރު ފިހާރައިގައި ކުރިއަށް ގެންދިޔަ "ސަމާ ކޫލް ސަޕްރައިޒް" ޕްރޮމޯޝަންގެ އެއްވަނަ އިނާމެއްގެ ގޮތުގައި ރީފްސައިޑުން ހުށަހަޅާފައިވާ ނިކޯން ކެމެރާ ލިބުނީ ހއ. ބާރަށް ބުލޫބާޑް، މުހައްމަދު ސިފާއު އަށެވެ. ދެވަނަ އިނާމަކަށް ހުށަހަޅާފައިވާ ބޮސް ސައުންޑް ލިންކް މިނީ ހާސިލްކޮށްފައި ވަނީ ހ. ހިރިޔާ އަބްދުﷲ ސަމާން އެވެ. އަދި ތިންވަނަ އިނާމަކަށް އައިޕެޑް މިނީ އެއް ހުށަހަޅާފައިވާ އިރު އެ އިނާމް ހާސިލްކޮށްފައި ވަނީ ހުޅުމާލެ ކޮރަލްވިއު ފްލެޓް ނަންބަރު C41C ، އަމްޖަދު މުސްތަފާ އެވެ.
ދަމާސް ފަރުނީޗަރުގެ މާކެޓިންގެ ފަރާތުން ވާހަކަ ދެއްކެވި ރީހާން ސަލީމް ވިދާޅުވީ ދަމާސް އިން ކުރިއަށް ގެންދާ އެފަދަ ސޭލްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ވަރަށް ފުރިހަމަ ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އަދި މި އަހަރު ނިމޭ ހިސާބުގައި އިއާ އެންޑް ސޭލް އެއް ކުރިޔަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.